ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް ހައްދަވަން ރައީސްއަށް ކެރިވަޑައެއް ނުގެންނަވާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް  މޯލްޑިވިއަން ޑިމޮކެރެސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލަ ތަހްގީގު ކުރެއްވުމަށް ވަކި ކޮމިޝަނެއް އެކުލަވާލައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައީސްއަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީއެންއިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އަދު ފެންނަމުންދާ މަންޒަރަކީ އެމްޑީއެންގައި ހިމެނޭ މީހުންގެ ފިކުރުތައް ޅަ ދަރިންގެ ސިކުނޑިތައް ވެއްދުމަށް މަސައްކަތް ކުރާ ތަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމުގެ ވާހަކައިގަ ވަނީ އެމްޑީއެންގައި ތިބި މީހުންނަކީ އިފްރީތުންގެ ގޮތުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓް ކިޔާލުމުން އެމީހުންގެ މަގްސަދަކީ ގައުމުގައި އުފެދޭ ޖީލްތައް ހަލާކުކޮށް އިސްލާމްދީނާއި ބީރައްޓެހި ފިކުރުތަކަށް ޒުވާނުން ހެއްލުން ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިހް އެމްޑީއެންގެ މައްސަލައާއި ބެހޭ ގޮތުން އެއްވެސް ވާހަކަފުޅެއް ނުދެއްކެވުމަކީ ކަންބޮޑު ވެލައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމައްސަލައާއި ގުޅިގެން ޓްވީޓެއް ކުރެއްވުން އެއީ ނަސީބެއް ކަމަށާއި ނަމަވެސް އެޓްވީޓް ކޮށްފައި އޮތީ ވަރަށް ދެރަކޮށް ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ނަޝީދަށް ފާޑު ކިޔުއްވާފައެވެ.

އެމްޑީއެންގެ މައްސަލަ އެކަމާއި ގުޅޭ ސަރުކާރުގެ އިދާރާތަކުން ނުބަލާ ކަމަށް ޝިޔާމް ވިދާޅުވުމުން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ ރައްދު ދެއްވާފައެވެ.

ޝިޔާމް އަށް ފާޑުވިޑާޅުވެ އިބްރާހިމް ރަޝީދު ވިދާޅުވީ، އެމްޑީއެންގެ މައްސަލަ ދަނީ އެކަމާއި ގުޅުންހުރި އިދާރާތަކުން ބަލަމުން ކަމަށެވެ. މީގެއިތުރުން  ﷲގެ ދެވަނަ ދަރިންނޭ ބުނި ބަޔަކު، މަޖިލީހުގައި ފިތުނަ އުފައްދުން ހުއްޓުވަން ޖެހޭ ކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. 

ނަމަވެސް އިބްރާހިމް ރަޝީދުގެ ވާހަކަތަކަށް ރައްދުދެއްވައި ވާހަކަ ދައްކަމުން ޝިޔާމް ވަނީ ފުލުހުންގެ މުއައްސަސާއާއި އެމްޑީއެންއާއި ގުޅިފައި އޮއްވައި އެ މައްސަލަ ފުލުހުން ބަލާނީ ކިހިނެއްތޯ އައްސަވައި ސުވާލުކުރައްވާފައެވެ.

އެމްޑީއެންގެ ބައެއް އިސްވެރިންނަށް ރައީސް އޮފީހުންނާއި ދައުލަތުގެ އެހެން ވުޒާރާތަކުން އިސް މަގާމުތައް ދީފައިވާ ކަމަށާއި އަދި ސަރުކާރުން ވެރިކަން ކުރިއަށް ގެންދަނީ އެމްޑީއެންގެ މީހުންނާއި ގުޅިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: