ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފަތުގެ އެއްކޮޅުގައި ދިވެހިން އެނެއްކޮޅުގައި ދީނަށް ހަޖޫ ޖެހި އެންޖީއޯ: ޝެއިހް ޒައިދް

ޝެއިހް އަލީ ޒައިދް: ފޮޓޯ ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފަތުގެ އެއްކޮޅުގައި ތިބީ އިސްލާމް ދީން ދެކެ ލޯބިވާ ދިވެހި ރައްޔިތުން ކަމަށާއި އެނެއް ކޮޅުގައި ތިބީ މާތްވެގެންވާ އިސްލާމް ދީނަށް ހަޖޫ ޖެހި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން މާތްވެގެންވާ އިސްލާމް ދީނަށް އަދި ކީރިތި ރަސޫލާއަށް ހަޖޫ ޖަހައި ބަދުބަސްބުނެ ނެރުނު ރިޕޯޓާއި ގުޅިގެން ކުރި ޓްވީޓްގައި ޒައިދު ވިދާޅުވީ، ސަރުކާރުން ދީނަށް ފުރައްސާރަ ކުރި 6 މީހަކު އެކުލެވޭ އެ ޖަމިއްޔާ އެމީހުންގެ ހައްގުގައި އުވާނުލައިފިނި އެވާނީ ސަރުކާރަށް ހެދޭ އެންމެ ބޮޑު ގޯހަށް ކަމަށެވެ.

ޝެއިހް ޒައިދު ވަނީ ސަރުކާރުން އެ ޖަމިއްޔާ ދިފާއު ނުކުރެއްވުމަށް އެދިވަޑައިގަންފައެވެ.

https://twitter.com/alizaid1000/status/1180894229578469376

މީގެ އިތުރުން ޝެއިހް ޒައިދު ވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެމްޑީއެން އުވާލުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ވެސް ރައްދުދެއްވާފައެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ހިލާފު ޚިލާފު އުފެދޭ ވަގުތުތަކުގައި އެންމެ ރިވެތި އިސްލާމީ އުސޫލަކީ މަޝްވަރާ ކުރުން ކަމަށާއި ޖަދަލު ކުރުމާއި، އަނިޔާވެރިކަމާއި ހަރުކަށި ކަމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދުގެ ޓްވީޓަށް ރައްދު ދެއްވަމުން އަލީ ޒައިދު ވިދާޅުވީ އަލީ ވަހީދުމެން އިންސާފަށް ގޮވާލިއިރު އޭރު ސަރުކާރުގައި ތިބި ބޭފުޅުންގެ ނަޒަރުގައި އަލީ ވަހީދަކީ އެންމެ ހަރުކަށިކޮށް ވާހަކަދައްކަވާ، އެންމެ ޖަދަލު ކުރައްވާ އެއް ބޭފުޅާ ކަމަށެވެ.

ޝެއިހް ޒައިދު ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެެރެއިން ޖަމިއްޔާ އުވާލުން ގޮވާލުމަކީ ހަރުކަށި ވުމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެމްޑީއެން އިން ކުރީ މާފަށް އެދުމުން މާފު ކުރެވޭ ވަރުގެ ކުޑަ ކުށެއް ނޫން ކަން ފާހަގަކުރައްވާ  ޝެއިހް ޒައިދު ވަނީ މިނިސްޓަރަށް އެ ޖަމިއްޔާ ބަންދުކުރުމަށް ބާރު އެޅުއްވުމަށް ގޮވާލައްވާފައެވެ.

މާތް ރަސޫލާގެ ހައްގުގައި އެ ޖަމިއްޔާ ބަންދު ކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ޝެއިހް ޒައިދުގެ އިތުރުން ރާއްޖޭގައި އުޅޭ ހުރިހާ އިލްމުވެރިންނެއް ވަނީ އެމައްސަލަ ކުށްވެރިކޮށް ވާހަކަދައްކާފައެވެ.

https://twitter.com/alizaid1000/status/1180913097545895936

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: