ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސަވޭލެންސް ޕްރޮގްރާމެއް 4 ރަށެއްގައި ކުރިޔަށްދަނީ

ތަހުލީލް ކުރުމައް ބަކަރިތަކުން ލޭ ނަގަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޖަނަވާރު ގެންގުޅެ އާލާ ކުރާ 4 ރަށެއްގައި އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސާވޭލެންސް ނަމުގައި ޕްރޮގުރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފާވަނީ ރ.އުނގޫފާރު، ހުޅުދުއްފާރު، މަކުރަތު އަދި ދުވާފަރުގައެވެ.

މި އޮކްޓޫބަރުމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ބަކަރިއާއި ކޯލިދޫޏަށް އާންމުގޮތެއްގައި ޖެހޭބަލިތަކާއި އޭގެ އަލާމާތްތައް ކިޔާދިނުމުގެ އިތުރުން ޖަނަވާރު ތަކުގެ ތަފާސްހިސާބެއް ނެގޭނެ ކަމަށެވެ.

މީގެ އިތުރުން ބަކަރި އާއި ކޯލިދޫންޏަށް ޖެހޭ ބަލިތަކައް ޓެސްޓުކޮށް ޖަނަވާރުތަކުގެ ސިއްޙީ ހާލަތު ބަލާ، ބަލި ޖަނަވާރުތަކަށް ފަރުވާދެވޭނެ ކަމަަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެއެވެ. ހަމަ އެހެންމެ ފާމްތަކުގެ ހަޔަވީ ރައްކާތެރިކަން ނުވަތަ ބަޔޯސެކިޔުރިޓީގެ ޙާލަތު ބަލައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭގޮތުން ލަފާދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ޖަނަވާރު ގެންގުޅޭ ވަކި ރަށްތަކެއް ކަނޑަައަޅައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: