ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްމާރޓް އައިލޭންޑް އަދި ސްމާރޓް ވިލެޖް އިނީޝިއޭޓިވްތައް ރާއްޖެއަށް ބޭނުންވޭ: މިނިސްޓަރ މަލީޙް

  ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓާރުންގެ ރައުންޑް ޓޭބަލް ގައި ބައިވެރިވި މިނިސްޓަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ރައްޔިތަކު ބާކީ ނުވާ ގޮތަށް ސްމާރޓް ސިޓީ އިނީޝިއޭޓިވްގެ އިތުރުން ސްމާރޓް އައިލޭންޑް އަދި ސްމާރޓް ވިލެޖް އިނީޝިއޭޓިވްތައް ރާއްޖެއަށް މިއަދު ބޭނުންވެފައިވާކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހު މިހެން ވިދާޅުވީ ޖަޕާނުގައި މިހާރު ކުރިއަށްދާ 16 ވަނަ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އ.ދ. އިން ބަލައިގެންފާވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ހާސިލު ކުރުމުގައި ސައިންސް އާއި ޓެކްނޯލޮޖީ އަދި އިނޮވޭޝަން (އެސް.ޓީ.އައި)ގެ ދައުރު ފުޅާކުރުމަށް ރިސަރޗް އާއި ޑިވެލޮޕްމަންޓްގެ ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދުމެވެ.

މި ބައްދަލުވުމުގައި އެކި ގައުމުތަކައް ދިމާވާ ގޮންޖެހުންތަކައް ހައްލެއް ހޯދުމަށް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރ މަލީޙް  ރާއްޖޭގައި އިޤްތިސާދީ ރޮގުންނާއި އިޖްތިމާއީ އަދި ތިމާވެށީގެ ރޮގުން ހުރި ދަތިތަކަށް އަލި އަޅުވާލެއްވިއެވެ.

މީގެ އިތުރުން ޜާއްޖޭގައި ފަގީރުކަން ނައްތާލުމުގައްޔާއި ތައުލީމާއި ސިއްހަތު އަދި އެއްގަމާއި ކަނޑުގެ ދިރުންތައް ހިމާޔާތް ކުރުމުގައި ހޯދަމުންދާ ކާމިޔާބީތައްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރި ކުރުމާއި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތް ގިނަގުނަކަންވެސް މަލީހު ފާހަގަ ކުރައްވާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: