ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސޭހަ ކުރަން މި ބުނަނީ، އެންޑީއެމް އުވާލާ، ފިޔަވަޅު އަޅަންޖެހޭ: އިދިކޮޅު

އެމްޑީއެން އުވާލަންޖެހޭ، އެކަން ވަރަށްސާފު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓްގެ މައްސަލާގައި އެ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް އުޅުނު މީހުން ޖެހޭނީ ހައްޔަރު ކުރަން ކަމަށާއި އޭގައި ދެން ބަލަންޖެހޭ ވަރުގެ އިތުރު ކަމެއް ނެތް ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝިންއިން ބުނެފިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

އަންނަ ހުކުރު ދުވަހު ޕާޓީގެ ޖަލްސާއެއް ކާނިވާގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ ދިވެހިން އެއްވެސް އިރެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެ މީހުންނާއި މެދު ފިޔަވަޅު އެޅުން އެއީ ވަރަށް ސާފުކަން ބޮޑުގޮތެއްގަައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވެ މުންދު ވަނީ ފުލުހުންވެސް ކުރަންޖެހޭ އިތުރު ތަހުގީގެއް ނެތް ކަމަށެވެ. ރިޕޯޓުގައި ވާ އެޗެއް ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެންނަން އޮތްއިރު އޭގައި ވާ އެއްޗެއްގެ ދިފާއުގައި ބަޔަކު ނިކުތުމަކީ ހައިރާންވާކަމެއް ނޫން ކަަމަށްވެސް މުންދު ވިދާޅުވިއެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއާއި، އެމްޑީއެމް ގުޅުވާ މުންދު ވިދާޅުވީ އެމްޑީއެމްއާއި، އެ ޖަމިއްޔާގެ މަގްސަދާއި އަދި އެކަން ހިންގަނީ ކޮން ބައެއްކަންވެސް ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ ކަމަށެވެ. އެއީ މި ސަރުކާރެއްގެ ގޮތްޕެއްގެ ގޮތުގައި ވެސް މުންދު ވަނީ ސިފަ ކުރައްވާފައެވެ. އަދި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރިޕޯޓު އާއްމު ކުރިފަހުންވެސް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް މުއައްސަސާއަކަށް އެ ޖަމިއްޔާއަށް ފިޔަވަޅު އެޅިފައި ނުވާތީއެވެ. އެ ގޮތުން ސަރުކާރުގެ މަގާމުތަކުގާއި ޖަމިއްޔާގައި ތިއްބެވި ބައެއް ބޭފުޅުންނާއި އާއިލާ މީހުން ތިއްބެވި ކަމަށް މުންދު ވިދާޅުވި އެވެ.

“ފުލުހުން އަޅަންވީ ފިޔަވަޅު ވަރަށް ސާފު. އެ މީހުން ޖެހޭނީ ހައްޔަރު ކުރަން. އެ ޖަމިއްޔާ ޖެހޭނީ އުވާލަން. އަޅަންވީ ފިޔަވަޅު ފަސޭހަ ކޮށްދޭން އަޅުގަނޑުމެން މި ދަންނަވާލީ ފުލުހުންނަށް. އެއީ މާ ބޮޑު ދިރާސާތަކެއް ކުރަން ޖެހޭ ކަމެއް ނޫން.” މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓްގައި ހުރި ދީނާ ހިލާފު ވާހަކަތަކުގެ އެއްވެސް މައުލޫމާތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލިބިފައެއް ނުވެ އެވެ.

ނަމަވެސް އެމްޑީއެންގެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި މި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ގުޅުމެއް އޮންނަ ކަމަށް މުންދު ވިދާޅުވި އެވެ. މުންދު އެ ޖަމިއްޔާ ސިފަ ކުރެއްވީ އެމްޑީޕީގެ “ގޮތްޕެއް” ގެ ގޮތުގަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ އިދިކޮޅު ކޯލިޝަނުން ކުށްވެރި ކުރާ ކަމެއް ކަމަށާއި ފިޔަވަޅު އެޅުން ލަސްވަމުންދާތީ ވެސް ކަންބޮޑުވުން އެބަ އޮތް ކަމަށް މުންދު ވިދާޅުވި އެވެ.

އެންޑީއެމްގެ ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ. ރިޕޯޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޡްފުޅުތަކަށް ފާޑުކީ މައްސަލައެއް އާންމު ފަރާތަކުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to ކަމަނަ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: