ކުއްލި ޚަބަރު

ކަލަންޑަރުގައި ބޮޅު އަޅާ! ޕީޕީއެމްއާއި ޕީއެންސީގެ "އަންނަނީ އަންނަނީ" އަންނަ ހުކުރު ދުވަހު!

ޕީޕިއެމް، ޕީއެންސީގެ "އަންނަނީ، އަންނީ" ޖަލްސާ އަންނަ ހުކުރު ދުވަހު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އަންނަނީ، އަންނަނީ" ގެ ނަމުގައި ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބާއްވަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ނިންމައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 8:30 ގައެވެ. ރައީސް ޔާމީންވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހޯމަ ދުވަހު ޕީޕީއެމް، ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް މުންދު ވިދާޅުވީ މި ސަރުކާރު އައިފަހުން ރައްޔިތުން އަބަދު ތިބެން ޖެހިފައިވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށެވެ. ސަރުކާރާއި މެދު ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައިވާ ކަމަށާއި ނަމަވެސް، އެ އަޑުއަހާނެ ކަންފަތެއް ހުރިހެން ހިއެއް ނުވާކަމަށް މުންދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. މުންދު ވިދާޅުވީ މި ސަރުކާރު ރައްޔިތުން ގެނައި ސަބަބު ހާސިލް ނުވާކަމަށް ރައްޔިތުންގެ ފަރާތުން ޝަކުވާތަކެއް ލިބިފައިވާކަމަށާއި އެހެން ކަމުން ކޮންގްރެސް ކޯލިޝަންގެ އަމާޒަކީ ރައްޔިތުންގެ އިހުސާސްތަކުގެ އަޑު ސަރުކާރަށް އިއްވުން ކަމަށެވެ.

"އަންނަނީ، އަންނީ" ޖަލްސާގައި ތަފާތު އެކި މައުޟޫތަކަށް ވާހަކަ ދައްކާނެކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޕީޕީއެމް، ޕީއެންސީގައި ކުރިން މެމްބަރުކަން އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި ކައުންސިލް ބޭފުޅުންވެސް ހިމެނޭނެކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. މުންދު ވަނީ، ކޮންގްރޮސް ކޯލިޝަންއިން ވަކި ބަޔަކު ކުރިއަރުވަން މަސައްކަތް ނުކުރާކަމަށްވެސް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ޕާޓީގެ ތެރެއިން އިތުރު ފުުރުސަތުތައް، ދީ ޕޯޑިއަމްތަކަށް ޖާގަދޭކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ބައްޔަށްފަހު، ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހަތަރު ޖަލްސާއެއް މިހާތަނަށް ވަނީ ބާއްވާފައެވެ.

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބު އޮތްއިރު މުންދު ވަނީ ޕީޕީއެމް، ޕީއެންސީއިން ރަށްރަށަށް ކުރަމުން ގެންދާ ދަތުރުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށް ވިދާޅުވެފައެވެ. އެގޮތުން، ތުލުސްދޫ ދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން މަސްވެރިން ރައީސް ޔާމީނާއި ބައްދަލު ކުރައްވާ، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަތިތައް ހިއްސާ ކުރެއްވިކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނޫން ގޮތްގޮތުންވެސް ރައްޔިތުންގެ ޝަކުވާތައް ރައީސް ޔާމީން އަޑުއައްސަވާ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާނެކަމަށް މުންދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެެވެ.

ހުކުރު ދުވަހުގެ ރޭ، ޖަލްސާއެއް ބާއްވާނެކަމަށް ކޮންގްރެސް ކޯލިޝަންއިން އިއުލާން ކުރިއިރު އޭގެ ކުރިން އޮންނާނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ. ހުލާސާ ބަޔާން އިއްވަން ބާއްވާ  އެމަނިކުފާނުގެ އެންމެ ފަހު އަޑުއެހުން ތާވަލުކޮށްފައިވަނީ މި ހަފްތާގެ ބުދަ ދުވަހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: