ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޕޯޓާއި ގުޅިގެން އަނިޔާވެރި އަމަލުތަކަށް މަގުފަހިވާ ބަސްތަށް ބޭނުން ނުކުރޭ- ހޯމް މިނިސްޓްރީ

މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އިސްކަންދީ. ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަނިޔާވެރި އަމަލުތަކަށް މަގުފަހުވާ ފަދަ ކަންކަމާއި ބަސް ބޭނުން ނުކުރުމަށް ހޯމް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ހޯމް މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަދަނީ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށް ތަޢުހީނުކޮށްފައިވާ މައްސަލަަ އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

https://twitter.com/HomeMinistrymv/status/1180551742104096768

މި މައްސަލއާއި ގުޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އިސްކަން ދިނުމަށް ވަނި އެދިފައެވެ.

https://twitter.com/HomeMinistrymv/status/1180551743882420224

ހައްދުފަހަނަ އަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމާއަތާއި މެދު އާންމުންގެ ނަފްރަތު އަމާޒުވެގެންދިޔައެވެ. އަދި މި މައްސަލައިގައި ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: