ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ފެންވަރު ލަވަޔަކުން، ބަޖެޓު ނެތޭ، ބަޖެޓު ނެތޭ!

ކ.ހިންމަފުށީގައި ޕީޕީއެމް އިން ބޭއްވި ބައްދަލުވުން. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހާލަތު އިދިކޮޅު ޕީޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމިން ލަވަޔަކުން ސިފަކޮށްދެއްވައިއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ކ. ހިންމަފުއްޓަށް ކުރި ދަތުރުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ މޭނާ ހައްސާނު ކިޔާފައިވާ ލަވައެއްކަމުގައިވާ “ވަގުތު ނެތޭ ވަގުތު ނެތޭ” އެ ލަވައިގެ ރާގަށް ލަވަ ވިދާޅުވެ ރައީސް ސާލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ހައްސާނު ކިޔާ ލަވަތަކުގެ ތެރޭގަިއ މިކަން މިއޮންނަނީ. ކެޔޮޅު ކިތަންމެ ތަތަސް، ފަޅުވެރިން ކިތަންމެ ގިނަޔަސް، ބަޖެޓުނެތޭ ބަޖެޓުނެތޭ ބަޖެޓުނެތޭ””

ރައީސް ޔާމިން އެ ވިދާޅުވީ މިއަދުގެ ސަރުކާރުގެ ވާހަކަ ކަމަށް ބެލެވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ލަސްވާހަކައާއި ކެބިނެޓުގައި ވަޒީރުން ގިނަ ނަމަވެސް ތަރައްޤީގެ މަޝްރޫޢުއެއް ހިންގުމަށް މި ސަރުކާރުގައި ބަޖެޓު ނެތް ވާހަކައެވެ.

ރައީސް ޔާމިން ވިދާޅުވީ ސަރުކާރުގެ ހާލަތަކީ މިއީ ކަމަށެވެ. އަދި މިހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޔާމިން ގޮވާލެއްވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައިވެސް ފުރަތަމަ ދެ އަހަރުތެރޭގައި ބޮޑެތި ގިނަ މަޝްރޫޢުތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނުފެށޭ ކަމަށެވެ. އަދި ސަރުކާރުގެ ޚަރަދުތަށް ގެންގުޅުނީ ވަރަށް ބަލައިގެން ކަމަށާއި ކުރީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަށް ކަމަށެވެ. މަޝްރޫޢުތަށް ފެށިގެން ދިޔައީ ދައުރުގެ ފަހު ތިން އަހަރުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ތަރައްޤީ ގެނެވިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ސަބަބަކީ ރަށްރަށަށް ވަޑައިގަންނަވާއިރު ބޮޑެތި ޕްރޮޖެކްޓްތަކަށް އެމަނިކުފާނު އަރިހުން ރައްޔިތުން އެދޭތީ ކަމަށެވެ.

ކުރިން އެހެން ރައީސުން ރަށްރަށަށް ވަޑައިގަތީމަ ހުށަހަޅާނީ އެއް ކަމެއް ދެކަމެއް. އެކަމަކު އަޅުގަނޑު ދިޔައީމާ ރަށްރަށުން އެދޭނެ ފެނާއި ނަރުދަމާ، މަގު ހެދުން، ބަނދަރުހެދުން، ކައިރީގައި އޮންނަ ރަށުގައި އެއާޕޯޓެއް އަޅައި ދިނުމަށް މިހެން ގޮސް އެތަށް ކަމެއް.” ރައީސް ޔާމިން ވިދާޅުވިއެވެ.. ،

ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންގެ ވިސްނުން އެހިސާބަށް ދާންވާނެ ކަމަށެވެ. އެހިސާބަށް ވިސްނުން ދާންޖެހޭނެކަން އެމަނިކުފާނުގެ ދަރުުގައި ރައްޔިތުންނަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަކީ މެދު އުޑުގައި ފިޔަޖަހާ ބަޔަކަށް ވާނެޖެހޭ ކަމަށް ޔާމިން އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ވާހަކަތަށް ދެއްކީމާ އެމަނިކުފާނު ދެކެ ރުޅިއަންނާނެ މީހުން ތިބޭނެ ކަމަށެވެ.

ވެރިއަކަށް ހުންނަ މީހެއްގެ މިވަރުގެ ވިސްނުމަކާއި ރައްޔިތުންންގެ ކުރިއެރުމަށް މިވަރުގެ އުންމީދެއް އިންތިޒާރެއް ނެތިއްޔާ ދެން ކީއްކިރަންތޯ ވެރިކަން ކުރަން މީހުން މި ހަވާލުވަނީ”

ރައީސް ޔާމިން ވިދާޅުވީ ސިއްޙީ ފަރުވާ އަމިއްލަ ރަށުގައި ތިބެގެން ހޯދުމުގެ ފުރުސަތު ހޯދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.  އަދި ވިދާޅުވީ ކުރިން މޭގައި ރިއްސައިގަތީމާ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ދާންޖެހޭ ކަމަށެވެ. ނަމަވެސް މިއަދު އެ ޚިދުމަތް ރާއްޖެއިން ލިބެނީ އެކަން ކުރާނޭ ވަސީލަތް ފަހިކޮށްދިނުމުން ކަމަށް ވިދާޅުވިއެވެ.

މެއަށް ތަދެއް އެރީމާ ފުރައިގެންދާނެ ތަނަވަސްކަން ނެތިއްޔާ ނޫނިއްޔާ ޙާލު ކްރިޓިކަލް ވެގެން އެކަމަށ ްޖާގަ ނުލިބިއްޖެއްޔާ ﷲ ނިންމަވާ ގޮތަކަށް އެކަން ނިމިގެންދާނީ. މިހާރު ކަންކަން ނިންމަވާނީ ﷲ”

އެމަނިކުފާން ވިދާޅުވީ ވަސީލަތް ފަހި ވަނީ ބަޔަކު ފަހިކޮށްދިނީމަ ކަމަށެވެ. ވަސީލަތެއް ނުލިބޭނެޔޭ ކިޔާފާ ތިއްބަސް އެކަމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: