ކުއްލި ޚަބަރު

"ރައީސް ޔާމީން މަސައްކަތް ކުރީ ޗައިނާއަށް ކުރިއެރުން ހޯދައި ދިނުމަށް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފައި : ފޮޓޯ- ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި، އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވީ ޗައިނާއަށް ފައިދާ ކުރުވަނި ގޮތަކަށް މަސައްކަތް ކުރުމަށްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ަރައީސް ޔާމީންގެ ވެރިކަމުގައި، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރު ވެގެންދިޔައެވެ. އެގޮތުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހުނު ރަސްމީ ދަތުރުފުޅު އެންމެ ފަހުވަގުތު ކެންސަލް ކުރިއެެވެ. އޭގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އިންޑިއާއިން ނެރޭ ބަޔާންތަކާއި އަދި ދައްކާ ވާހަކަތަކަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ރައްދުދީ އިންޑިއާއަށް ރާއްޖޭގެ އެތެރޭގެ ކަންތަކާއި ނުބެހެވޭނެ ކަމަށް ބުނެފައެވެ. އަދި އިންޑިއާއިން ވަނީ، ޗައިނާ މަސައްކަތް ކުރަނީ އިންޑިއާއާއި ރާއްޖެ ޖައްސަން ކަމަށް ބުނެ ބަޔާންތަކެއްވެސް ނެރެފައެވެ. އެ މައްސަލައިގައި އިންޑިއާއި ޗައިނާއާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއްވެސް ދިޔައެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ" އަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވަނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް އައި ބަދަލުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން، ރާއްޖޭގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކާއި، އުމްރާނީ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ޗައިނާ އިސްކުރި ކަމަށް ވިދާޅުވިއެވެ. އިންޑިއާއަކީ ރާއްޖެއާއި ޒަމާނުއްސުރެ އެންމެ ގާތް އަވައްޓެރި ގައުމުކަން ރައީސް ޔާމީންގެ ސަރުކާރުން ހަނދާން ނައްތާލި ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ މޯދީ ރާއްޖެ ވަޑައިނުގަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2018، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެ ހަލަބޮލި ވެގެންދިޔަކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އޭރުގެ ހުރިހާ އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ބާރުތައް އަތްމައްޗަށް ނެގުމުގެ ބޭނުމުގައި ކަމަށެވެ. ޗައިނާއަތުން ނަގަމުން ދިޔަ ލޯނުތަކާއި އެ ގައުމާއި އެކު ގާއިމް ކުރަމުންދިޔަ ގުޅުމަކީ "ނާޖާއިޒް" ފައިދާ ހޯދުމަށް ގާއިމް ކުރި ގުޅުމެއްގެ ގޮތުގައި ސިފަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އޭރުވެސް އިންޑިއާގެ ދިފާއުގައި އިދިކޮޅުން ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

https://www.thehindu.com/news/national/kashmir-is-an-internal-issue-of-india-says-maldives-ex-president-mohammed-nasheed/article29606711.ece

އިންޑިއާއިން ރާއްޖެ އެހީއަށް އެދުނު ކޮންމެ ވަގުތެއްގައި ވެސް އެހީވެދީފައިވާ ކަމަށާއި އެއީ ޒަމާނުއްސުރެ އޮތް އުސޫލުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ހަމަލާއާއި، ބޭރުގެ އެކި މީހުން ރާއްޖެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރި ކޮންމެ ދަނޑިވަޅެއްގައި އެހީވެދީފައިވަނީ އިންޑިއާއިން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކަށް ހީވާގޮތުން އިންޑިއާއިން އެހީވެ ދީފައިވަނީ އެފަދަ ހާލަތެއްގައި ކަމަށް ހީވެދާނެ ކަަމަށާއި ނަމަވެސް، ރާއްޖެއަށް ދިމާވާ އެކި އެކި ކާރިސާތަކުގައި އެހީއަށް އެދޭ، އަދި އެހީ ދޭނެ އެންމެ ފުރަތަމަ ގައުމަކީވެސް އިންޑިއާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ "ފަސްޓް ޕޮލިސީ" ގެ ދަށުން މަަސައްކަތް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން އިޖްތިމާއި މައްސަލަތަކާއި ދެކޮޅަށް ވަކާލާތު ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ވަރުގަދަ ކުރުމާއި، ސިފައިންގެ ތަމްރީނުތައް، އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތައް އޭގެ އިތުރުން ހިމެނޭކަމަށް އެމަނިކުފާނުވަނީ "ދަ ހިންދޫ" ނޫހަށް ދެއްވި އެކްސްކްލޫސިވްގައި ވިދާޅުވެފައެވެ.

އިންޑިއާ ކަނޑުގެ އަމާން ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރަހައްދުގެ ހަމަޖެހުން ގުޅިފައިވަނީ އިންޑިއާ އާއި ކަމަށެވެ.

އަވައްޓަރި ސްރީލަންކާއަށް ސިލްސިލާގޮތެއްގައި ދިން ބޮމުގެ ހަމަލާއަށްފަހު ރާއްޖޭގެ ކައުންޓާރ ޓެރަރިޒަމް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށީ އިންޑިއާ އާއި އެކު ކަމަށާއި ރާއްޖެއާއި އެތައް ކައިރިން އެފަދަ ޓެރަރިސްޓު ހަމަލާތަކެއް ހިނގައިދިއުމަކީ ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: