ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަށް ވެދުން ސަލާމަށްފަހު ދަންނަވަން: ހައެއްކަ ކެނާއިންނަށްޓަކައި ރައްޔިތުން ކުރި އިތުބާރު ދޫކޮށްނުލައްވައްޗެވެ!

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

23 ސެޕްޓެމްބަރު 2018 ވީ އާދީއްތަ ދުވަހު ދިވެހި ރައްޔިތުން ނިކުމެ ގޮތެއް ނިންމީ ވަރަށް ގިނަ، ސަބަބުތަކަށްޓަކައެވެ. ރައްޔިތުން އެ ރައްޔިތުންގެ ބަސް ބުނީ އެތައް އުންމީދުތަކަކާއެކުގައެވެ. މާޔޫސްވެ، ގޮތްހުސްވެ، ހަތަރު އުދަރެސް ފެނުޖެހިފައި ތިނބި އެތައް ރައްޔިތުން، އިސްދަށަށް ޖަހާލާފައި ގޮސް ވޯޓު ކަރުދާހުގައި ފާހަގަ ޖެހީ އެ ރައްޔިތުންގެ ވޭންތަކަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދުގައެވެ. އެ ރައްޔިތުންގެ އުންމީދުތަކާއި، އުދާސްތައް ގުޅިފައިވަނީ ސީދާ މަނިކުފާނާއެވެ. ޅ.ހިންނަވަރު ނޫރާނީވިލާ އިބްރާޙިމް މުޙައްމަދު ޞާލިހާއެވެ.

އިއްޒަތްތެރި ރައީސްއެވެ. 

ފާއިތުވެގެންދިޔަ މާޒީގައި ދިވެހި ރައްޔިތުން ދެކެފައިވާ ބިރުވެރިކަމާއި، ރައްޔިތުންނަށް ޖެހުނު ބިކަހާލާއި، އެ ރައްޔިތުންގެ ޤައުމަށް ވަމުން ދިޔަ ގޮތް އެންމެ ބޮޑަށް އެނގި ވަޑައިގަންނަވާނެ އެއް ބޭފުޅަކަށް މަނިކުފާނު ވާނޭކަން ޔަގީނެވެ. ރާއްޖޭގެ ސިޔާސީ މަަޝްރަހަށް އަންނަ ބަދަލުތަކަާއި އެ ބަދަލުތަކުގެ ސަބަބުނ ރައްޔިތުންނަށް ކުރާ އަސަރުތައް އެ ރައްޔިތުންވަނީ އެކި ފަހަރު މަތިން ބަޔާން ކޮށްދީފައެވެ. ހުލްގުހެޔޮ ވެރިންނަށް ކިޔަމަންވުމުގައިވެސް ނަމޫނާއެއް ގޮތުގައި އަބަދުވެސް ސިފަވި ރައްޔިތުންނަށް ޤައުމަށް ވަމުން ދިޔަ ގޮތް ފެނި ބަސް ބުނަން ޖެހިލުންވި ކިތަންމެ ދަނޑިވަޅެއް ދިޔައެވެ. އެގޮތުން، ހަނު ތިނބެން ޖެހުނަސް އެ ރައްޔިތުންގެ ދީނަށާއި، ﷲއަށް އަދި ނަބިއްޔާއަށް ފުރައްސާރަކުރާކަށް އެ ރައްޔިތުން ނޭދެއެވެ. އެ ވަގުތުތަކުގައި އެ ރައްޔިތުން އެ ރައްޔިތުންގެ ބަސް އިއްވައެވެ. މަދު ފަހަރެއްގަ އެ ކަމުގެ ސިޔާސީ ފައިދާ މަދު ބަޔަކު ނެގި ނަމަވެސް އެ ރައްޔިތުންގެ ނިޔަތަކީ އެ ރައްޔިތުންގެ ދީން ހިމާޔަތް ކުރުމުވެ، އެ ރައްޔިތުންގެ އަޤީދާއަކީ ބަލިކަށި އެއްޗެއްނޫންކަން އެ ރައްޔިތުން އަބަދުވެސް ސާބިތުކޮށްދެއެވެ.

އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކުރަން ލިބުނު ފުރަތަމަ ފުރުސަތުގައި ވެސް ފެނިގެން ދިޔައީ މަދު ބައެއްގެ ނުބައި މަކަރުވެރި ރޭވުންތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި އެމްޑީޕީއާއި މެދު ދެކޭގޮތް ބަދަލުވުމެވެ. މަދު ބައެއްގެ މުނާފިގު އަދި ލާދީނީ ޙިޔާލުފާޅުކުރުންތަކެއްގެ ސަބަބުން މުޅި އެމްޑީޕީ ބަދުނާމުވިއެވެ. ވެރިކަން ބަދަލުވެގެން ދިޔައީވެސް އެ ފަދަ ޙާލަތެއްގައި ޤައުމު އޮއްވާ އޭގެ ސިޔާސީ ނާޖާއިޒު ފައިދާ ބަޔަކު ނަގައިގެންނެވެ.

އޭގެ ފަހުން ނިމިގެން ދިޔަ 7 އަހަރު ދުވަހު މި ޤައުމުގައި ހިނގި ކަންކަމަކީ މާ ދީންވެރި ކަންކަމޭ އަޅުގަނޑު ބުނާކަށް ނެތީމެވެ. އަދި ރައީސުލްޖުމްހޫރިްޔާއިން ފެށިގެން ވަޒީރުންނާއި މަޖިލިސް މެންބަރުން ކުރެއްވީ ދީންވެރި ވެރިކަމެކޭވެސް އަޅުގަނޑު ބުނާކަށް ނެތީމެވެ. އަދި އެ މީހުންގެ ފިކުރަކީ އިސްލާމް ދީން މި ގައުމުގައި ހިފަހައްޓާ ހަރުލެއްވުމޭވެސް އަޅުގަނޑު ބުނާކަށް ނެތީމެވެ. އެއީ ހެޔޮ އަދުލްވެރި އިންސާފުވެރި ވެރިކަމެއް ނޫންކަމަށް ގޮތް ނިންމީވެސް ރައްޔިތުންނެވެ.

ރައީސް އެވެ.

ކުރިންވެސް ދެންނެވި ގޮތަށް މަނިކުފާނުގެ މައްޗަށް ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ރައްޔިތުންނެއް އެތައް އުންމީދެއްކޮށް އެތައް ވޯޓެއް ދީ، މަނިކުފާނަށް ރާއްޖޭގެ ވަލިއްޔުލް އަމްރުކަން އެރުވީ ނުހަނު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އެދުވަހު އިބްރާހިމް މުޙައްމަދު ޞާލިހަށް އިތުބާރު ކުރި ރައްޔިތުން ވޯޓުލާން ދިޔައީ އެ އިތުބާރު ދަމަހައްޓާނޭކަމުގެ ޔަޤީންކަން މަނިކުފާނު ދެއްވުމުނެވެ. އަދު މަނިކުފާނަކީ މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކިއެއްތަ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސްފަރާތެވެ.

ރައީސް ޞާލިހުއެވެ.

އަނެއްކާވެސް އެމްޑީޕީއަށް ވެރިކަން ލިބި ހިންދެމިލަން ލިބުނު ވަގުތުގައި މިއޮތީ ދަނޑިވަޅުގެ ފައިދާ މަދު ބަޔަކު ނަގަންފަށާފައެވެ. އެމްޑީޕީގެ ބޮލުގައި ލާދީނީ ޓެގް އެޅުވިގެން ދާ އެންމެ ބޮޑު ސަބަބަކީވެސް އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ހައެއްކަ ކެނާއިންވެސް ދީނަށް ފުރައްސާރަކޮށް އިލާހީ ޤާނޫނަށް ގޮންޖެހުމެވެ. ރަސޫލާއަށް ފުރައްސާރަކުރުމެވެ. މިކަންކަން އޭރުވެސް މިހާރުވެސް ކުރަނީ ހަމަ އެއް ބައެކެވެ. ޑިމޮކްރަސީގެ ހުދު ތާކިހާ އަޅައިގެން އުޅޭ ލާދީނީ މަދު ބައިގަނޑެކެވެ. 

އަދު އެމްޑީޕީގެ އާންމު މެންބަރުން މާޔޫސްވާން ޖެހެނީ އެމްޑީޕީގެ ބޮލުގައި މިފަދަ ކަންކަން އެޅުމުންނެވެ. އެ މެންބަރުން ބުނަމުން ދާން ޖެހެނީ “އެމްޑީއެން އަކީ އެމްޑީޕީ ނޫން” ކަމަށެވެ. އެ މެންބަރުންގެ ދީނީ އަޤީދާ ވަރުގަދައެވެ. ޙައްޤުބަސް ބުނުމުގައި މިއަދުވެސް ހަމަ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރެއެވެ.

ރައީސް ޞާލިހުއެވެ.

މޯލްޑިވެސް ޑިމޮކްރަސީ ނެޓްވޯކް ނަމުގައި އުފައްދައިގެން ހިންގާ ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި ﷲ އަށާއި، ރަސޫލާއަށް ފުރައްސާރަވާގޮތަށް ޖޯކް ޖަހާ، އެކަމާއި ރައްޔިތުން އިންތިހާއަށް މިއަދު މިވަނީ ދެކޮޅު ހަދަން ފަށާފައެވެ. އެ ރައްޔިތުން ލޭ ކެކި ، އަޑުން އަޑު ނަގާ އެ ޖަމިއްޔާ މިހާރުން މިހާރަށް ބަންދުކުރަން ގޮވާލުމުން “މާފަށް އެދިފަ” ބަޔާނެއް ނެރުމަކުން ފުއްދާލެވޭކަށް ނެތެވެ. 

ރައީސްއެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ދުވަހަކު ސިޔާސީ ބަހެއް ނުބުނާ ރައްޔިތު މީހާވެސް މިއަދު ހުރީ އެމްޑީއެން އާއި އިދިކޮޅަށް ނިކުމެއެވެ. އިންޓެލިޖެންސުން މަނިކްފާނަށް ސައްހަ މައުލޫމާތު އަރުވާނަމަ، އެ ޖަމިއްޔާ ބޭން ކުރުމަށް ގޮވާލަމުން ދަނީ ކިތައް ރައްޔިތުންކަން މަނިކުފާނަށް ސާފުވެލައްވާނެކަމާއި މެދު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އެއްވެސް ހާލެއްގައި އެ ރައްޔިތުން އެ ކުރަނީ ސިޔާސީ ކަމެއް ނޫނެވެ. މަދު ބަޔަކު ސިޔާސީ ފައިދާ ނަގަން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫނެވެ.

އަދި ދަންނަވަމެވެ. 2016 ވަނަ އަހަރު ހަމަ މި ރިޕޯޓެއް ނެރުނު މައްސަލައިގައި ފިޔަވަޅު ނާޅާ އޮތްކަމަށް ބުނެ ދައްކަމުންދާ ސިޔާސީ ބަހަނާތަކަކީ މިއަދު ފިޔަވަޅު ނާޅާ ދޫކޮށްލަން އޮތް ހުއްޖަތެއް ނޫނެވެ. އޭރުގަ ހުންނެވި، ރައީސް ކަމުނުގޮސްގެން އެތައް އުންމީދުތަކަކާއެކު ރައްޔިތުން މިވަނީ މަނިކުފާނާއި ރައީސްކަން ހަވާލުކޮށްފައެވެ. އެހެންކަމުން އެ ބަހަނާ ދޫކޮށްލައްވަން ކެބިނެޓްގެ ވަޒީރުންނަށް އަންގަވާދެއްވާށެވެ.

ނިންމާލާނަމެވެ.

އަދު އެމްޑީޕީގެ މެންބަރުންވެސް އެދި އެދި ތިނބީ އެ ރައްޔިތުން އެ ޕާޓިއަކަށް ޖާނާއި މާލުން ޤުރުބާންވާ ޕާޓީގެ އެންމެ އިސް ފަރާތުން މިކަމުގައި ފިޔަވަޅު އަޅާ ދެއްވުމަށެވެ. އެއީ އެމްޑީޕީއަކީ އެމްޑީއެން ނޫންކަން ސާބިތުކޮށް ދިނުމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އުޅޭ ލާދީނީ ކުނިތައް ބޭރުކޮށް ދިނުމަށް އެދިއެދިއެވެ.

މިދަނޑިވަޅުގައި ރައްޔިތުންގެ ކަންބޮޑުވުން މިހާ ބޮޑު އިރު އަނެއްކާވެސް ރައްޔިތުންގެ މި ޖަޒުބާތަށް ބަޔަކު ސިޔާސީ ކުލަވަރު ޖައްސަން ބަޔަކު މަސައްކަތް ކޮށް ޤައުމު ހަލަބޮލިވެއްޖެނަމަ އަނެއްކާވެސް 7 އަހަރުކުރި މަސައްކަތް ތަކުރާރުކުރަން ޖެހިދާނޭ ކަމުގެ ސިގުނަލްތައް އެ މެންބަރުން ބިރުގަނެއެވެ.

ދިވެހި ރައްޔިތުން ތިބީ އެ ރައްޔިތުން އެ ދުވަހު މަނިކުފާނަށް ކުރި އިތުބާރު މަތީގައެވެ. އެ ރައްޔިތުން މަނިކުފާނަށްޓަކައި ކުރެއްވި އުންމީދު ތަކުގެ މަތީގައެވެ. އެދުވަހު އެ ރައްޔިތުން މަނިކުފާނަށް ދެއްވި ވޯޓުގެ ބަދަލުގައި އަދު އެ ރައްޔިތުން އެދެނީ އެ ރައްޔިތުންގެގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި، ރައްބު ކަމުގައިވާ ﷲ އަށާއި، ރަސޫލާ ކަމުގައިވާ މުޙައްމަދުގެ ފާނަށް ފުރައްސާރަކުރި މީހުން ހައްޔަރުކޮށް ޙައްޤު އަދަބު ދިނުމަށެވެ. މީގެ ފަހުންވެސް މި ރާއްޖޭގައި އެފަދަކަމެއް ތަކުރާނރު ނުވާނޭ ގޮތަކަށް މަނިކުފާނު ކަންކަން އިންތިޒާމުކުރެއްވުމުގެ އުންމީދުގައެވެ. މި ފަސްގަނޑުގައި އެ ފަދަ ލާދީނީ، މުނާފިގުންނަށް އެ ފުރުސަތުތައް ނުދޭނޭކަން ޔަޤީންކޮށްގެންނެވެ. މި ފަސްގަނޑުގައި އެކަން ތަކުރާރުކުރަން ޖެހިލުންވެ ބިރުގަންނަ ވަރުގެ އަދަބުތައް އެ ފަރާތްތަކަށް ދިނުމަށް އެދިއެދިއެވެ.

ރައީސް އެވެ. މަނިކްފާނަކީ ނަމުންވެސް ކަމުންވެސް ޞާލިހެއް ދައްކަވާށެވެ. އާދޭހާއެކު ބުނަމެވެ. ހައެއްކަ ކެނާއިންނަށްޓަކައި މަނިކުފާނަށް ރައްޔިތުން ކުރި އިތުބާރު ދޫކޮށްނުލައްވައްޗެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

ހާދިމްކުމް

ދިވެހި ދައުލަތަށާއި މަނިކްފާނަށް އިހްލާސްތެރި ދަރިއެއް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިޔަދާހަމަޔަވެސް ތިޔަ ނެރެފައިވާ ބަޔާނާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ ކީއްވެގެން ތޯ އެޗެކޭ ނުބުނެ ހަނު ހުރުމަކީ އެންމެ ރަނގަޅުކަމެއް ތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: