ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާދީނީ ފިކުރަށް ފުރުސަތު ފަހިކޮށްދިން ސިޔާސީ އިސްވެރިން ޒިންމާ ނަގަން ޖެހޭނެ: ހަސަން މުފީދު

މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނަ އަޅާފައިވާ ލާދީނީ ފިކުރަށް ފުރުސަތު ފަހިކޮށްދިން ސިޔާސީ އިސްވެރިން ޒިންމާ ނަގަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

މުފީދު މިހެން ވިދާޅުވީ މޯލްޑިވިއަން ޑީމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ވިދާޅުވީ ލާދީނިއްޔަތާއި ގައުމިއްޔަތުގެ ފޭރާން ދޯހަޅިކުރަން ދެވަނަ ފަހަރަށް އެ ފުރުސަތު ފަހިކޮށްދިނީ ސިޔާސީ އިސްވެރިން ކަމަށެވެ.

https://twitter.com/Hasa_Naa/status/1180564127556587521?s=19

މުފީދު ވިދާޅުވީ އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަކުރަކޮށް ރަސޫލާ ސއވ އަށް ހަޖޫ ޖަހަމުންދާ މައްސަލައިގައި ޒިންމާ ނަގަން ޖެހޭނީ ސިޔާސީ އިސްވެރިން ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބައެއްކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުން އެނގެން އޮތް ގޮތުގައި ލާދިނީ ފިކުރު އެންމެ ބޮޑަށް އާންމުވެ މުރުތައްދުވެފައިވާ މީހުން ފާޅުގައި ހަރަކާތްތެރިވުން ފެށިގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ބެލެވޭގޮތުގައި މުފީދުގެ ނުސީދާ ރައްދު އަމާޒުވެފައިވަނީ ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް އައް ޝެއިޚް އިމްރާން އަބްދުﷲއެވެ.

ހިނގަމުން މިދަނީ ރައީސް ނަޝީދުގެ ވެރިކަމަކަށް ނުވިނަމަވެސް މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން އެމަނިކުފާނުވެސް ފާހަގަކޮށްލެވެނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ހުރިހާ އިލްމުވެރިން ކަހަލަ ގޮތަކަށް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

އެމްޑީއެން އުފެއްދުމުގައި އެންމެ އިސްކޮށް ހުރި އެއް ބާނީ ޝަހިންދާ އިސްމާއީލް އަކީ އިސްލާމީ އުސޫލުތަކާއި ސުންނަތުން އައިސްފައިވާ ރިވެތި ގޮތްތަކަށް ތާއަބަދުމެ ފާޑުކިޔައި ފާޅުގައި ޓްވީޓާގައި އޭނާގެ “ވައިބް” ފަތުރަމުންދާ ފަރާތެއް ކަން ފާހަގަކޮށްލެވެއެވެ.

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ.

އެކަމާއި ގުޅިގެން ރައްޔިތުން އަންނަނީ އެ ޖަމްއިއްޔާ އުވާލުމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ގޮވާލަމުންނެވެ. ނަމަވެސް އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ އެމްޑީއެން އިން އެފަދަ ކަންކަން ނުކުރުމަށް ބުނެ ފުއްދާލާފައެވެ. 

ފުލުހުން ވަނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެ ރިޕޯޓް ނެރުމުގައި ބައިވެރިވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދީފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: