ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ސައީދުގެ ސުވާލެއް ރައީސް ނަޝީދަށް!

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކެރިވަޑައި ނުގަންނަވަނީ ކީއްވެކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލެއް އުފައްދަވައިފިއެވެ.މެ

މްބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ފުރުސަތުތައް ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު ސިލްސިލާގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ރައީސް ނަޝީދު ކުށްވެރި ނުކުރައްވާކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ އަމަލު ރައީސް ނަޝީދު ކުށްވެރި ނުކުރައްވަނީ ކީއްވެގެންތޯ ސައީދު ވަނީ ވިދާޅުވެފައެވެ.

https://twitter.com/em_saeed/status/1180523752825556992?s=19

މޯލްޑިވިއަން ޑީމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ކުށްވެރި ނުކޮށް އެ ޖަމްއިއްޔާ ކޮޅަށް ވަނީ ބުރަވެވަޑައިގެންފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ދީނަށް ފުރައްސާރަކުރުން ކަމަށެވެ.

https://twitter.com/MohamedNasheed/status/1180498233757356032?s=19

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ބަދުބަސްބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން، އެމަނިކުފާނު އެކަން ކުށްވެރިކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ މިބާވަތުގެ އެތަކެއް ވާހަކަފުޅުތަކެއް އެމަނިކުފާނުގެ ޒައާމަތުގައި ދައްކަވާފައެވެ.
އެގޮތުން ގުރުއާނާއި ސުންނަތް ނޫން ގޮތެއް ބޭނުންވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: