ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެލާއާއި ކުޅުދުއްފުށި އެމްޓީސީސީގެ ލޯންޗް ފެރީން ގުޅާލައިފި

ކެލާއާއި ކުޅުދުއްފުއްޓާއި ދެމެދު ފެރީ ދަތުރުތަށް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއިން ހއ.ކެލާ އިން ފެށިގެން ހދ.ކުޅުދުއްފުށްޓާ ހަމަޔަށް ލޯންޗު ފެރީގެ ހިދުމަތް ފަށައިފިއެވެ.

ކެލާ އާއި ކުޅުދުއްފުށީ ދެމެދުގެ ދަތުރުތައް އޮންނަނީ ކޮންމެ ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައެވެ. ޓިކެޓުގެ އަގު އުޅެނީ 75 ރުފިޔާއާއި 250 ރުފިޔާއާއި ދެމެދުގެ އަގެއްގައި ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ފެރީ ދަތުރު އޮންނާނީ ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ. މި ދަތުރުތަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތީގައި އޮންނާނެއެވެ. ފުރަތަމަ ފެރީ ކެލާއިން ފުރާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:30 ގައެވެ. އަދި ފަހު ފެރީ އެ އަތޮޅު ވަށަފަރުން ފުރާނީ މެންދުރުފަހު 15:40 ގައެވެ.

ފެރީގެ ތާވަލް އަދި ދަތުރު ކުރުމަށް ހަމެޖެހިފައިވާ ގޮތް އެމްޓީސީސީން މިހާރު ވަނީ އާންމުކޮށްފައެވެ.

ފެރީ އަގުތަކާއި ގަޑިތަށް

އެމްޓީސީސީން ބުނީ ފުރުމުގެ އެއް ދުވަސް ކުރިން ޓިކެޓް ނަގަން ޖެހޭނެ ކަމަށާއި، ޓިކެޓު ނެގޭނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: