ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅާނަން: އިސްލާމިކް މިނިސްޓަރ

އިސްލާމިކް މިނިސްޓަރ އިލުމުވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށްހެޅުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު އެހެން ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން (އެމްޑީއެން) އިން މާތްވެގެންވާ އިސްލާމް ދީނަށާއި ރަސޫލާއަށް ބަދުބަސްބުނެ ނެރުނު ރިޕޯޓާއި ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ދީނީ އިލުމުވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ހުރިހާ އިލްމުވެރިން ކަހަލަ ގޮތަކަށް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ޔޫތް މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުން ދާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: