ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާ ތަނަވަސް މީހަކު 1 މިލިއަން ޑޮލަރާއި ހެދި އުޅެންވީ ކީއްކުރަން؟- ރައީސް ޔާމިން

ހިޔާނާތުގެ އެއްވެސް ކަމެއް ސަރުކާރަށް ސާބިތު ކޮށެއް ނުދެވޭނެ. ފޮޓޯ: ޓުވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކައުންޓަށް ޖަމާވެފައިވަނީ ސަރުކާރުގެ ފައިސާކަން ދައުލަތަށް ސާބިތުކޮށް ނުދެވޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު ޕްރޮގްރެސިވް ކޮންގްރެސްއިން ކ.އަތޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން ހުރާއަށް ކުރި ޒިޔާރަތުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީއޭ ކިޔައިގެން ކުރާ ތުހުމަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ތަނަވަސްމީހެއްކަމަށާއި ދައުލަތުގެ ފައިސާގައި ޖެހެންވީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ.

“ރައީސް ޔާމިން، މިހާ ތަނަވަސްމީހަކު ކީއްކުރަންތޯ އެއްމިލިއަން ޑޮލަރަކާއި ހެދި އުޅެންވީ؟ ރައްޔިތުން އަޅެ ވިސްނަވާލައްވާ؟ އެ ވިދާޅުވާ އެއް މިލިއަން ޑޮލަރަކީ ސަރުކާރުގެ ފައިސާއެއްނޫން!” ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ މިއަދާ ހަމައަށްވެސް އެއީ ސަރުކާރުގެ ފައިސާކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. މައްސަލައިގެ ޝަރީއަތާއި މެދު އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމިން ވދިާޅުވީ އެ އެއްމިލިއަން ޑޮލަރަކީ ސަރުޚާރުގެ ފައިސާކަމަށް ހީވެދާނެތީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ކުރިން ފައިސާ ދައުލަތުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

“ފަހަރުގަވެސް އެއްމިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާއަށް ވެދާނެ ކަމަށް ހީވެދާނެތީ، އަމިއްލަ އިސްނެގުމުގެ މަތިން 2018ގެ ކެމްޕެއިނަށް ނިކުތުމުގެ ކުރިން އޭސީސީގަ، ދައުލަތުގަ އެކައުންޓުގަ އެހުރީ އެއްމިލިއަން ޑޮލަރު ބަހައްޓާދީފަ” ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ އެގޮތަށް ކަން ކުރުމުންވެސް އަދިވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކުރަނީ ކަމަށެވެ. މިއަށް “ސިޔާސީވުން” ނޫން އެެހެން އެއްޗެއް ކިޔެން ނެތް ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް ޔާމިން ވިދާޅުވީ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެމަނިކުފާނު ހުންނެވިކަމަށެވެ. އަދި އެމަނިކުފާނަށް އުނދަގޫ ކުރުމަށް ކިތަންމެ ކަމެއްކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވިއެވެ.

” އަޅުގަނޑުގެ ފަރާތުން، ރައްދުވާގޮތަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި އެންމެ ކަމެއްވެސް މިސަރުކާރަށް ސާބިތު ނުުކުރެވޭނެ. އެއީކީ ވާނެ ކަމެއް ނޫން” ޔާމިން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައްޔިތުންގެ ގާތަށް ދަތުރުކުރައްވާތީ އަނެއްކާވެސް އިތުރު ތުހުމަތެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިވަން 50ގެ ހަރަކާތްތައް ހިންގިއިރު އެމަނިކުފާނުގެ އެކައުންޓަށް ފައިސާވަދެފައިވާ ކަމަށް ބުނެ ވާހަކަތަށް ދައްކަމުންދާ ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ވާހަކަދެއްކުމުގެ ކުރިން ސަރުކާރުން އެކަން ސާބިތުކުރެއްވުމަށް ރައީސް ޔާމިން ގޮވާލެއްވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ޚިޔާނާތުގެ މައްސަލައެއް ފާހަގަވިނަމަ ވެރިކަމުގައި ހުންނަވަނިކޮށް އެކަން ފަޅާ އަރުވާލީސް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ކޯޓުތަކުން އެކަން ކުރެވުނީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާގައި ރައީސް ޔާމީން ޖެހިފައިވާނަމަ އެ މައްސަލަ ޖައްސަން އުޅެންޖެހޭނީ މިއަދު ނޫން ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެފަދަ ތުހުމަތުތަކާއި ދައުވާތަކުގެ ވާހަކަ ދައްކަނީ މި ސަރުކާރަށް އެއްވެސް ކަމެއްނުވާތީ އާއި އަދި އެއްވެސް މަޝްރޫޢުއެއް ނުހިންގޭތީ ކޮންމެވެސް ގޮތަކުން ރައްޔިތުންގެ ސަމާލުކަން އެހެން މިސްރާބަކަށް ބަދަލުކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: