ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ދިވެހި މަސްދޯންޏެއް ހިފަހައްޓައިފި

އިންޑިއާ ފުލުހުން "އަންބަރީ" ދޯނީގައި. މައްސަލަ އަންނަނީ ތަހުގީގު ކުރަމުން: މުހައްމަދު ނާޖިހު (ޓްވިޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަލިކު ކައިރިން ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފިއެވެ. ހިފަހައްޓާފައި ވަނީ “އަންބަރީ” ކިޔާ ށ.ކޮމަންޑޫ މަސްދޯންޏެކެވެ.

ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު ކަމަށް މައުލޫމާތު ލިބެއެވެ. އެ ދޯނި، އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ މަލިކުގެ ތިން މޭލު ބޭރުން ކަމަށްވެސް އެނގިފައިވެއެވެ.

މީގެއިތުރުން އެެ ދޯނި އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސް، އިންޑިއާ މެރިން ފޮލިސްއިން މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށްވެސް މައުލޫމާތު ލިބިފަައިވެއެވެ.

އެކަމާއި ގުޅިގެން އަދި އެމްއެންޑީފްގެ ސީދާ ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ އެއްވެސް މަސްދޯންޏެއް ހާލުގައި ޖެހިގެން އެމްއެންޑީއެފް ކޯސްޓު ގާޑަށް ގުޅާފައި ނުވާކަމަށެވެ. އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވާއިރު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މިއަދު އިންޑިއާއަށް ފުރައިވަޑައިގެންނެވީ އެ މައްސަލައާއި ގުޅިގެން ކަމުގެ މައުލޫމާތު ވަނީ ސަންގަށް ލިބިފައެވެ.

 މިނިސްޓަރ މާރިޔާ މިއަދު އިންޑިއާއަށް ފުރައިވަޑައިގެންފައިވާއިރު، މީގެކުރިން މިނިސްޓަރގެ ދަތުރުފުޅެއް އޮތް ކަމުގެ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: