ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކުރި ޖަމިއްޔާއަށް ޔޫތު މިނިސްޓަރ މަހުލޫފު ކުރެއްވީ ހަމައެކަނި އިލްތިމާސެއް!

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު: ފޮޓޯ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ބަދުބަސްބުނެ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އެކަން ހަމައެކަނި އިލްތިމާސް އަކުން ނިންމަވާލައްވައިފިއެވެ.

ޔޫތު މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ކްލަބް ޖަމިއްޔާ ޖަމާއަތްތައް ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކަށް އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް އިހްތިރާމު ކުރުމަށް އިލްތިމާސް ކުރާކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ ރިޕޯޓްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށްވެސް ޔޫތު މިނިސްޓްރީ އިން ބުންޏެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅޭގޮތުން މަހުލޫފު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން އެކަން އެބޭފުޅާއަށް ވެސް އަދި ދިވެހި ރައްޔިތަކަށްވެސް ބަލައިނުގަނެވޭނެ ކަމަށެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މާ ކޫލް ކަމެއް ނޫން ކަމަވެސް މަހުލޫފު ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1179778647919452161

ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ރޭގެ ވަގުތެއްގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށްފަހު މިއަދުގެ ވަގުތެއްގައި އިސްލާމިކް  މިނިސްޓަރާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހައްދުފަހަނައަޅާފައި ލާދިނީ ފިކުރު ފެތުރެމުންދާ މިންވަރު ބަޔާންކޮށް އިލްމުވެރިންވަނީ އެކަމަށް ހައްލެއް ހޯދުމަށް އިސްލާމިކް މިނިސްޓަރގެ ކިބައިން އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: