ކުއްލި ޚަބަރު

ޝަހިންދާގެ އަޑަށްވުރެ އިލްމުވެރިންގެ އަޑު މާ ގަދަ!

ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ހައްދުފަހަނަ އަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވްސް ޑިމޮކެރެސީ ނެޓްވޯކް ( އެމްޑީއެން) އިން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމާއަތާއި މެދު އާންމުންގެ ނަފްރަތު އަމާޒުވެގެންދިޔައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިއުންމަތުގެ ނަބިއްޔާ މުހައްމަދުގެފާނަށް ހަޖޫ ޖަހައި ފުރައްސާރަކުރުމަކީ އިސްލާމް ދީނަށް އުރަތްޕެއްގެ ނަމަވެސް ލޯތްބެއް ހިތު ތެރޭގައި އޮތް ދިވެއްސަކަށް ހަޖަމް ކުރަން ދަތިކަމަކަށް ވާނެތީއެވެ.

އެމްޑީއެން އުފެއްދުމުގައި އެންމެ އިސްކޮށް ހުރި އެއް ބާނީ ޝަހިންދާ އިސްމާއީލް އަކީ އިސްލާމީ އުސޫލުތަކާއި ސުންނަތުން އައިސްފައިވާ ރިވެތި ގޮތްތަކަށް ތާއަބަދުމެ ފާޑުކިޔައި ފާޅުގައި ޓްވީޓާގައި އޭނާގެ "ވައިބް" ފަތުރަމުންދާ ފަރާތެއް ކަން ފާހަގަކޮށްލެވެއެވެ.

އެމްޑީއެންއިން "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެމްޑީއެން އިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން "ދީނީ އިލްމުވެރިއެއްގެ" އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.

އެމްޑީއެންއިން ނެރުނު ދީނާ ޚިލާފު ރިޕޯޓާއި ގުޅިގެން މާފަށް އެދުމަށްފަހު އަނެއްކާވެސް ޝަހިންދާ ވަނީ ރިޕޯޓުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.

އެއާއިއެކު އާންމުންގެ ރުޅިވެރިކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. އެ ޖަމާއަތާއި ދެކޮޅަށް "ބޭން އެމްޑީއެން" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ޓްވީޓާ އަދި ފޭސްބުކްގައި ފެށިއެވެ.

ހަމައެޔާއިއެކު ޝަހިންދާގެ އަޑުވެސް އޭނާ "ފިސާރި" ގަދަކޮށްލިއެވެ. ވާނެ ކަމެއް ނޯންނާނެ ކަމަށް ބުނެ އަމުރުމައުރޫފް ހިންގަމުންދިޔައެވެ. އިސްލާމިކް މިނިސްޓްރީ އަކީ މިގައުމަށް ޖެހިފައިވާ އެންމެ ބޮޑު ވަބާގެ ގޮތުގައި ސިފަ ކުރިއެވެ.

ނުވިތާކަށް ޖަމިއްޔާގެ މެމްބަރުންނާއި ދިމާ ކުރާ ކަމަށް ބުނެ ދިވެހި ޓްވީޓްތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ޝަހިންދާގެ ބޭރުގެ ނެޓްވޯކްތަކަށް ފޮނުވަމުންދިޔައެވެ.

ބޭނުމަކީ ހިތުން ސަރުކާރަށް ޕްރެޝަރ ކުރުމެވެ. ހަމަހިލާ އެހެނަކުން ނުވާނެއެވެ. ދައުލަތުގެ އިސްލާމް ދީން ފުނޑުފުނޑުކޮށްލާކަށް އެއްވެސް ސަރުކާރަކުން ޖާގަ ނުދޭނެތީއެވެ.

އެކަމުގެ އެންމެ އަލިގަދަ ހެއްކަކީ ވަކި ފިކުރަކަށް ނުބަލާ ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން މި ހައްދު ފަހަނައަޅާފައިވާ ލާދީނީ ޖަމާއަތާއި ދެކޮޅަށް ތެދުވުމެވެ.

މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ.މުހައްމަދު އިޔާޒް އެކަމާއި ގުޅޭގޮތުން ވިދާޅުވީ، ބަޔަކު މީހުން އިސްލާމްދީނަށް ނިސްބަތްކޮށްގެން ހަރުކަށި އަމަލުތަކެއް ހިންގި ނަމަވެސް އެ މީހުންގެ އަމަލުތަަކަކީ އިސްލާމްދީނާއި ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށެވެ.

https://twitter.com/dr_iyaz/status/1180291220720893952

ޖަމިއްޔަތު ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ، ދީނާއި ހިލާފަށް އެފަދަ ރިޕޯޓްތައް ނެރެނީ މިއަދާއި ހަމައަށްވެސް އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށެވެ.

https://twitter.com/binjanaab/status/1180166334258106369

މީގެއިތުރުން ޝެއިހް ހަސަން މުހައްމަދު ފިކްރީ ވިދާޅުވީ އިސްލާމް ދީނާއި މާތްވެގެންވާ ރަސޫލާއާއި މެދު ނަފްރަތު އުފައްދައި މީހުންނަށް ސަމާލުވާންޖެހޭ ކަމަށެވެ.

https://twitter.com/HassanFikree/status/1180049894482087936

  ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ، އިސްލާމް ދީނަށާއި ނަބިއްޔާއަށް ބަދުބަސްބުނާ މީހުންނަކީ ހައްދު ފަހަނަ އަޅައިގެން ގޮސްފައިވާ މީހުން ކަމަށާއި އެމީހުންނާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ތިން ބާރަށް އިލްތިމާސްކުރައްވާ ކަމަށެވެ.

https://twitter.com/alizahirsaeed/status/1180287480366587906

ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީއެންއަށް ނިސްބަތްވާ މީހުން މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

https://twitter.com/Mohamedshaheem1/status/1180138879447437316

ޝެއިހް އަލީ ޒައިދު އެކަމާއި ގުޅޭގޮތުން ވިދާޅުވީ، ސަރުކާރުން އެމްޑީއެން އާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ބުނުމުގެ ބަދަލުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

https://twitter.com/alizaid1000/status/1180403023329153025

ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ، ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދު ބަސްބުނާ މީހުންނަށް މުސްލިމުން ކުރާ ނަފްރަތަކީ ފޯމެއް ޖަހައިގެން މައިތިރި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

https://twitter.com/alizahirsaeed/status/1180287480366587906

ޝެއިހް ޝަފީއު އަބްދުﷲ އެމްޑީއެންއަށް ފާޑު ވިދާޅުވަމުން މިސާލު ނެންގެވީ އިރަށް ކުޅު ޖަހަން އުޅެނިކޮށް ކުޅު ޖެހޭނީ އަމިއްލަ މޫނަށް ކަމަށް ބުނެއެވެ. އިލްމުވެރިޔާ މުހައްމަދު ލަތީފު ވިދާޅުވީ، ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ބަދުބަސްބުނާ މީހުންނަކީ ދީނުން ބޭރުވެފައިވާ ބައެއް ކަމަށެވެ.

https://twitter.com/shafeeu26/status/1180149949830483968

ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވީ އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ބަދުބަސްބުނެފައި ހަމައެކަނި މާފަށް އެދުމަކުން ނުފުދޭނެ ކަމަށެވެ.

https://twitter.com/shkilyas/status/1179988298032246784

އެހެންކަމުން މިވަރުން ފުދެއެވެ. މި ހައްދު ފަހަނައަޅާފައިވާ ލާދީނީ ޖަމާއަތުގެ މެމްބަރުންނަށް އިލުމުވެރިންނާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ނުރުހުން ފާޅު ކުރުމުން އެ މެމްބަރުން އަދިވެސް ގެންދަނީ ރިޕޯޓް ދިފާއު ކުރުމުގައި ބޭރުގެ މިޝަނަރީ ޖަމާއަތްތަކާއި ގުޅިގެން އަވަދިނެތި މަސައްކަތްކުރަމުންނެވެ.

އާންމުންގެ ވަރުގަދަ އިލްތިމާސެއް މި ނެޓްވޯކަށް އެބަ އޮތެވެ. އާންމުން ބުނަނީ އޭބަލަ ޝަހިންދާއެވެ! ކަމަނާއަށް ތިޔަ ގޮތުގައި ހިފަހައްޓާލެވޭނީ ކިހާ ދުވަހަކަށްތޯއެވެ. އާހިރަތް ދުވަހުގައިވެސް ކަމަނާ އުޅުއްވަނީ ތިޔަ ރިޕޯޓް ދިފާއު ކުރެއްވުމުގައި އަވަދިނެތި ތޯއެވެ. މިއީ އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: