ކުއްލި ޚަބަރު

ޖީލެއް ބިނާ ކުރުމުގައި ބުރަ މަސައްކަތް ކުރަނީ ޓީޗަރުން: ރައީސް ސާލިހު

ހަރުދަނާ ޞަޚްޞިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ތައުލީމް އުނގަންނައިދޭ ކޮންމެ މުއައްސަސާއެއްގެ ވެސް އަމާޒަކަށް ވާން ވާނީ، ކޮންމެ ދަރިވަރަކީވެސް ޝަހުސިއްޔަތެއްގެ ވެރި ކުއްޖަަކަށް ހެދުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހަރުދަނާ ޝަހްސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ތައުލީމީ މުއައްސަސާތަކަށް އިލްތިމާސް ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ކާމިޔާބީ ވަޒަން ކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ހާސިލް ކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ. ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާއި ގުޅުވާ ރައީސް ސޯލިހް ނެރުއްވި ހިތޯބުގައި ވިދާޅުވެފައިވަނީ، ކާމިޔާބަކީ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަހްސިއްޔަތުގެ ހަރުދަނާ ކަމާއި އެދަރިވަރުން އަނެކުންނާ މުޢާމަލާތުކުރާ ގޮތާއި ގައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަންކަން ފަދަ އަމަލުތައް ކަމަށެވެ. އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ކުއްޖަކީ ތައުލީމާއި ހުނަރުވެރިކަމުން ފުރިފައިވާ ކުދިންތަކެއް ކަމަށާއި އެ ކުދިންނަކީ މުސްތަގުބަލުގައި ޒިންމާދާރު ޒުވާނުންނަށް ވާންޖެހޭނެ ކަމަށް ރައީސް ސޯލިހްގެ ހިތޯބުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ތައުލީމީ ދާއިރާގައި މަސަައްކަތްކޮށް، އުނގަންނައިދުމަށް މަސައްކަތް ކުރާ ކޮންމެ މީހެއްގެ ސިޔާސަތަކީ ކުއްޖާއަކީ ރަނގަޅު ތައުލީމަކާއި އެކު ރަނަގޅު އަހްލާގެއްގެވެރި ކުއްޖަކަށް ހެދުން ކަމުގައި ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ހިތޯބުގައި ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމަށް، އދ.ގެ ތަޢުލީމާއި ސައިންސާއި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ކަނޑައެޅުމުގެ މަޤްޞަދުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގެ އެންމެ މުހިންމު އެއް މަގްސަދަކީ، މުޖްތަމައާއި ދަރިވަރުން ތަރައްގީކުރުމުގައި މުދައްރިސުން އަދާކުރާ ދައުރާއި، މުދައްރިސުންގެ މަސައްކަތްތައް ރަނގަޅަށް ދެނެގަތުމުގެ ފުރުސަތު ބައިނަލްއަގްވާމީ މުޖްތަމަޢަށް ފަހިކޮށްދިނުމާއި މުދައްރިސުންގެ ހާލަތު ރަނގަޅުކޮށްދިނުމުގައި ހުރިހާ ގޮތަކުންވެސް އެހީތެރިވެދިނުންކަމަށް އެމަނިކުފާނު ވިދާޅުުވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރު ކަމުގައިވާ، "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މި ޝިއާރާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މި ޝިއާރުން ވެސް އެނގިގެންދަނީ ގައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުވެފައިވާ ކަން ކަމަށެވެ. މީގެ އިތުރުން ތަރައްގީއާ ފައި ހަމަވާ ގޮތަށް، އެ މުޖްތަމަޢެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ، ޒަމާނީ ތަޢުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަން ރައީސްގެ ހިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ތައުލީމް ފޯރުކޮށްދިނުމުގެ ހިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދެއް ނޫންކަން ފާހަގަކުރައްވައި ތަޢުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އަޣްލަބިއްޔަތަކީ ވެސް ޒުވާނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ތަމްރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާ ރައީސް ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކައި، ޖީލެއް ބިނާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ޓީޗަރުންނަށް ދުވަހުގެ ތަނުހިޔާ އަރިސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: