ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: ރައީސް މައުމޫން

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ކޯލިޝަން ލީޑަރުންނާއިއެކު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކުރުން ބަލައި ނުގަނެވޭނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އިން ގުރުއާނާއި ރަސޫލާ ސއވ އަށް ގޮންޖަހައި ނެރުނު ލާދީނީ ރިޕޯޓާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަަކުރުމަކީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރަސޫލާ ސއވ އަށް ފުރައްސާރަކޮށް އުޅުމަކީ ކޮންމެ ބަޔަކު ކުރިކަމަކަށްވިޔަސް އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

 

https://twitter.com/maumoonagayoom/status/1180111757274042368

ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް ހައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި އުފައްދައިގެން އުޅޭ މި ޖަމްއިއްޔާއިން ނެރުނު ދީނާ ޚިލާފު ރިޕޯޓާއި ގުޅިގެން މާފަށް އެދުމަށްފަހު އަނެއްކާވެސް އެ ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއީލް ވަނީ ރިޕޯޓުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.

ފިތުނަ އުފައްދަން އުޅެނީ އެމްޑީއޭއިން ނޫންކަމަށާއި ފިތުނަ އުފައްދަން އުޅެނީ މާމޮޅުކަމެއް ކަމަށް “މެޑަލް” ޖަހަން އުޅޭ މިނިސްޓަރުންނާއި ރެލެވެންޓް ވާން އުޅޭ ގޮނޑި ގެއްލުނު ގްރޫޕްކަމަށް ބުނެ ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއީލް ވަނީ އިސްލާމިކް މިނިސްޓްރީއާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ފާޑުކިޔާފައެވެ.

އެމްޑީއެންއިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން މީސް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.

އެހެން ނަމަވެސް މި މައްސަލައިގައި ގިނަ ދިވެހިން ބުނަމުންދަނީ ސަރުކާރުގެ ތެރެއަށް  ލާދިނީ ނެޓްވޯކްގެ މޫތައް ވަދެ ހަރުލާފައިވާކަމަށެވެ. އަދި އެފަދަ މީހުން މިހާރުން މިހާރަށް ބޭރުކޮށް ހައްޔަރުކުރުމަށް ފަހު ޓެރަރިޒަމް ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް އެފަރާތްތަކުން ދަނީ މީސް މީޑިއާގައި ކެމްޕެެއިން ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: