ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަށް އެދުމަށްފަހު ޝަހިންދާ އަދިވެސް ރިޕޯޓު ދިފާއު ކުރުމުގައި އަވަދިނެތި!

، އެމްޑީއެން ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް ހައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި އުފައްދައިގެން އުޅޭ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ދީނާ ޚިލާފު ރިޕޯޓާއި ގުޅިގެން މާފަށް އެދުމަށްފަހު އަނެއްކާވެސް އެ ޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއީލް ވަނީ ރިޕޯޓުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.

ފިތުނަ އުފައްދަން އުޅެނީ އެމްޑީއެން އިން ނޫންކަމަށާއި ފިތުނަ އުފައްދަން އުޅެނީ ފިތުނަ އުފެއްދުމަކީ މާމޮޅުކަމެއް ކަމަށް މެޑަލް ޖަހާލަން ވެގެން އުޅޭ މިނިސްޓަރުންނާއި ރެލެވެންޓް ވާން އުޅޭ ގޮނޑި ގެއްލުނު ގްރޫޕްކަމަށް ބުނެ ޝަހިންދާ ވަނީ އިސްލާމިކް މިނިސްޓްރީއާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ފާޑުވިދާޅުވެފައެވެ.

އެމްޑީއެން ނަމަކަށް ކިޔާ ޖަމިއްޔާއަކުން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

https://twitter.com/HindhaIsmail/status/1179926316130406400

އެމްޑީއެން ޖަމިއްޔާ ބަންދު ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި އަޑު އުފުލާ ކެމްޕެއިނެއް ވެސް ވަނީ ފަށާފައެވެ. އަދި މީޑިއާތަކުން އެ ރިޕޯޓާއި ގުޅޭ ހަބަރުތައް ގެނެސްދޭން ފެށުމާއި އެކު އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށާއި އެކަމަކު ރިޕޯޓުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވަ އާއި ވާހަކަތައް އެންމެ ރަނގަޅަށް ގެނެވިފައިވާ ނުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާއްމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަންނަ ކަމަށް ބުނެ، އެކަމަށް މާފަށް އެދިފައި ވެ އެވެ.

ރިޕޯޓު އިސްލާހު ކުރާނެކަމަށް ބުނެ މާފަށް އެދި ރިޕޯޓު ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ޝަހިންދާ ވަނީ ސިލްސިލާކޮށް ޓްވީޓިތަކެއްކޮށް ރިޕޯޓު ދިފާއު ކޮށް ވާހަކަ ދައްކަން ފަށާފައެވެ. ޝަހިންދާކޮށްފައިވާ ޓްވީޓުތަކެއްގައި ބުނެފައިވަނީ ފިތުނަ އުފައްދަނީ އެމްޑީއެންގެ ރިޕޯޓަކުން ނޫން ކަމަށް، އަދި އެ ޖަމިއްޔާއަކުންވެސް ނޫން ކަމަށެވެ. ނަމަވެސް، އޭނާ ސިފަ ކުރާގޮތުން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އަދި އާއި އަދި މީޑިއާތަކުން ހަބަރު ފަތުރަނީ ޓެރަރިޒަމްގެ ގާނޫނު ފާސް ކުރުމުން އެކަމާއި ބިރުން އުޅޭ ބަޔަކު ކަމަށެވެ. އަދި އެ މީހުންގެ ނިޔަތަކީ ފިތުނަ އުފެއްދުންގެ ގޮތުގައި ޝަހިންދާ ބުނެފައިވެއެވެ.

ސަރުކާރުގެ ތެރެއިން މިހާތަނަށް ޝަހިންދާގެ ޖަމިއްޔާއިން ނެރުނު ރިޕޯޓަށް ފާޑުކިޔާފައިވަނީ ޔޫތް މިނިސްޓަރު މަހުލޫފް އެކަންޏެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހަޅާފައެވެ. ނަމަވެސް، މަހުލޫފްއަަށް އަމާޒުކޮށް ޝަހިންދާ ވަނީ އެއީ “މާ މޮޅުވާން ވެގެން ޖެހި މެޑަލްއެއް” ކަމަށެވެ. އަދި ޖަމިއްޔާގެ ރިޕޯޓު ގޯސްކަމަށް ބުނުމުން ރިޕޯޓު ނެގީ އެކަން ބަލައިގަނެ ކަމަށާއި އަދި އެކަމަށް މާފަށް އެދުމުންވުސް “ލޭ އޮހޮރުވާން” ބޭނުންވާ މީހުން މައިތިރި ނުވާކަމަށެވެ.

https://twitter.com/euxiine/status/1179948817296183296

އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހުރި އެ ރިޕޯޓަށް އިސްލާމިކް މިނިސްޓްރީއިން ކަންބޮޑުވުން ފާޅު ކުރުމުން ޝަހިންދާ ވަނީ “ކެރެންޏާ” އެ ރިޕޯޓުގައި ހުރި ހުރިހާ ކަމެއް ތަހުގީގު ކުރުމަށް ބުނެފައެވެ. 10 އަހަރު ނުވަނީސް އަންހެން ދަރީން ކާވެނި ކުރުވާ، ވެކްސިން ނުޖަހާ ބަލި ޖައްސާކަމަށް ޝަހިންދާ ވަނީ ބުނެފައެވެ. އިސްލާމިކް މިނިސްޓްރީއަށް ފާޑުކިޔާ ޝަހިންދާ ވަނީ ޒަކާތައް ދޭ ފައިސާ ހަނގުރާމަތަކަށް ހަރަދު ކުރަމުންދާ ކަމުގެ ތުހުމަތުކޮށްފައެވެ. އަަދި އަންހެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި، އަނބިން ގައިގައި ތެޅުމަށް އިސްލާމިކް މިނިސްޓްރީއިން ހިއްވަރު ދޭކަމަށް ދޭހަވާ މޭރުމަކުންވެސް ޝަހިންދާ ޓްވީޓު ކުރިއެވެ. އަދި ކުޑަކުދިން ހަނގުރާމައަށް ދިއުމަށް ހިއްވަރު ދެނީ ނުބައި ހިޔާލުތައް ދީގެން ކަމަށާއި އެކުދިން ލައްވާ ލޭ އޮހޮރުވުމަށް ގޮވާލަނީ ރަސޫލާގެ ނަންފުޅު ބޭނުންކޮށްގެންކަމުގެ ތުހުމަތުވެސް ޝަހިންދާ ކުރިއެެވެ. ޝަހިންދާ ވަނީ ގައުމު ހަލާކުކޮށް، މިފަދަ ކަންކަން ކުރަން ދެންތިބި މީހުންގެ މައްސަލަ ބަލަން ކެރޭނެތޯވެސް ބުނެފައެވެ.

ޝަހިންދާގެ ރިޕޯޓު މުޅިންވެސް ދިފާއުކޮށް ކުރި ޓްވީޓުޔަކުގައި ވަނީ “ގައުމުގެ ގުރުބާނީގައި” މަސައްކަތް ކުރުން ހުއްޓުވާ ބަޔަކު އެބަތިބިކަމަށް ބުނެފައެވެ. އެއީ މި ގައުމުގެ ހަލާކު ކަމަށާއި ޒުވާނުން ހަލާކު ކުރާ މީހުންގެ މައްސަލަ ބެލުމަށްވެސް ޝަހިންދާ ވަނީ ބުނެފައެވެ.

ރިޕޯޓާއި ގުޅޭގޮތުން ހަބަރު ގެނެސްދިން މީޑިއާތައްވެސް ޝަހިންދާ ސިފަ ކުރީ ފިތުނަ އުފައްދާ ކަންކަން ނުހޯދާ ބައެއްގެ ގޮތުގައެވެ.

https://twitter.com/alizaid1000/status/1180078287915143168

މާތްﷲ ހަތް އުޑުމަތިން ބާއްވާލެއްވި ކީރިތި ގުރުއާނަށް ހަޖޫ ޖަހާފައިވާ އެ ރިޕޯޓަކީ ކުރި ދިރާސާއެއްގެ މައްޗަށް ތައްޔާރުކުރި ރިޕޯޓެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ނަމަވެސް ރިޕޯޓުގައި އުފައްދާފައިވާ ސުވާލުތަކުން ފެށިގެން ރިޕޯޓްގެ ކޮންމެ ބަހަކާއި، ކޮންމެ ޖުމްލައެއްގައި އޮތީ އިސްލާމްދީނަށް ކޮށްފައިވަނީ ފުރައްސާރައެވެ.

ޓްވީޓުތައް ނިންމާލަމުން ޝަހިންދާ ބުނެފައިވަނީ “އެ އޮތީ ޓެރަރިޒަމްގެ ގާނޫނު ފާސްކޮށްފަ ކަމަށް” އަދި އެކަމާ ކިތަންމެ ބިރުން އުޅުނަސް އަދި އެމްޑީއެން ބަންދު ކުރުނަ ްއުޅުނަސް ގާނޫނު އެ އޮތީ ފާސްކޮށްފައި ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޑިމޮކްރެޓިކް ނެޓްވޯކުން ނެރުނު ރިޕޯޓާ ގުޅޭ މައްސަލައެއް ހުށައެޅިފައިނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: