ކުއްލި ޚަބަރު

އެސް.އޭ.ޕީ އިން ކޮށްދެނީ ކޮންކަމެއް؟

ރައީސް ސާލިޙްގެ ސަރުކާރުގެ ފަސް އަހަރުގެ އެކްޝަންސް ޕްލޭން ލޯންޗް ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން : ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް އޮތް ފަސްއަހަރަށް ރާއްޖޭގެ ތަރައްގީގެ އޮނިގަނޑު އެކުލަވައިލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިވަނީ ދިވެހި ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެއްވާފައެވެ. ރައީސް ސާލިހުގެ އެކްޝަން ޕްލޭނުގެ މަގުސަދަކީ ކޮބައިކަން ބަލާލުމަކީ މުހިންމުކަމެކެވެ. 

ރައީސް ސާލިހުގެ އެކްޝަން ޕްލޭންގައި ބުނެފައިވާގޮތުގަ އެސް.އޭ.ޕީ.އަކީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ތަރައްޤީ ގައި އިސްކަންދޭނެ ކަންކަން ބަޔާންކޮށްފައިވާ މައިގަނޑު ޑޮކިއުމަންޓެވެ. އެސް.އޭ.ޕީ މުހިންމުވާ މައި ގަނޑު އެއްކަމަކީ ރާއްޖޭގެ ތަރައްޤީގައި ކުރިޔަށް އޮތް ފަސް އަހަރު އިސްކަންދޭނެ ކަންކަން ސަރުކާރާއި ، މިނިވަން މުއައްސަސާތައް، ސަރުކާރު ހިއްސާވާ ކުންފުނިތައް، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް، އަދި އެހީ ދޭ ބޭރުގެ ފަރާތްތަކަށް ވެސް އެނގި އެމަގަށް މިސްރާބު ޖެހުމަށް އެސް.އޭ.ޕީއިން މަގުފަހިކޮށްދޭތީ އެވެ. މި ގޮތުން އެސް.އޭ.ޕީގެ މައިގަނޑު އަމާޒަކީ އިސްވެ ބުނެވުނު މަސައްކަތްތައް ކުރުމުގައި އެންމެންވެސް އެއް ހަމަޔަކަށް ގެނެސްދިނުމެވެ.

އެކްޝަން ޕްލޭނުގައި ބުނެފައިވާ ގޮތުގައި ދޭދޭ  ދާއިރާތަކުގެ މެދުގައި އަދި ދޭދޭ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން އެކަށީގެންވާ ގޮތެއްގައި ނެތުމަކީ ހަރުދަނާގޮތެއްގައި ސިޔާސަތުތައް ތަންފީޒުކޮށް ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މިހާރުވެސް ސަރުކާރަށް ކުރިމަތިވަމުން އަންނަ ގޮންޖެހުމެކެވެ. އެސް.އޭ.ޕީގައި ހިމެނޭ ނަތީޖާ ތާވަލުގައި އެކުލެވޭ އިދާރީ އިންތިޒާމުތަކުގެ އަމާޒަކީ ވަކިވަކިން ސިޔާސަތުތަކާއި ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ބަދަލުގައި ، ކޮންމެ ޙަރަކާތެއްވެސް ހިންގާނެ އިސް އިދާރާއަކާއި އެ ޙަރަކާތަކާއި ގުޅޭ އެހެނިހެން އިދާރާތައްވެސް ސާފުކޮށް އެނގެން އޮތުމެވެ. މިގޮތުން ކޮންމެ އިދާރާއެއްގެވެސް ދައުރު ސާފުކޮށް ކަނޑައެޅިފައި އޮތުމުގެ ބޭނުމަކީ އެކިއެކި އިދާރާތަކުގެ މެދުގައި ހީނަރުވެފައިވާ ގުޅުންތައް ރަނގަޅުކޮށް، ކަމާއިބެހޭ އެންމެން ގުޅިގެން އެސް.އޭ.ޕީ ގައި ހިމެނޭ ޙަރަކާތްތައް ހިންގުމަށް މަގުފަހި ކުރުމެވެ.

ސަރުކާރުގެ އަމާޒަކީ ނަތީޖާއަށް އަމާޒުކުރެވޭ، ނުވަތަ ޕްރޮގްރާމް ބަޖެޓަކަށް މިދައުރުގައި ބަދަލުވުމެވެ. މީގެ މައިގަނޑު މަޤްޞަދަކީ ބަޖެޓުކުރުން ހަރުދަނާކުރުމާއި މައިގަނޑު ދާއިރާތަކަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓުތަކުން ޙާޞިލުވާ ނަތީޖާ ދެނެގަތުމެވެ. ޕްރޮގްރާމް ބަޖެޓިންގ ތަންފީޒުކުރުމަށް ދިމާވާ އެއް ގޮންޖެހުމަކީ ނަތީ ޖާއަށް އަމާޒުކޮށް ޕްލޭންތައް ހެދުމަށާއި ލަނޑުދަނޑިތައް ކަނޑައެޅުމަށް ތަންފީޒީ އިދާރާތަކަށް ކުރެވޭ މަސައްކަތްތައް ކުޑަވުމެވެ. އެހެން ކަމުން، އެސް.އޭ.ޕީގައި ހިމެނޭ ނަތީޖާ ތާވަލުތަކަކީ ތަންފީޒީ އިދާރާތަކަށް ބޭނުންކުރެވޭނެ، އަދި ނަތީޖާއާއި ބަޖެޓާ ގުޅުވައިދިނުމަށް މަސައްކަތްކުރާނެ ތާވާލުތަކަކަށް ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: