ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރުގެ ގޮތުން އެމްޑީއެން ގުޅެނީ އަދުގެ ސަރުކާރާއި: ރައީސް ޔާމީން

ތުލުސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަަކަފުޅު ދައްކަވަނީ: ފޮޓޯ ޗެނަލް 13
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކެރެސީ ނެޓްވޯކް (އެމްޑީއެން)ގައި ހަރަކާތްތެރިވާ މެމްބަރުންނަށް ބަލާފައި ފިކުރުގެ ގޮތުން ގުޅެނީ ޕީޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެމް)ގެ ފިކުރަކާއި ނޫން ކަމަށާއި، އެމްޑީއެންގެ ފިކުރު ގުޅެނީ އަދުގެ ސަރުކާރުގައި ތިބި މީހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންއިން ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަގަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދުގެ ސާލިހުގެ ސަރުކާރަށް އެމްޑީއެންގެ މައްސަލަ ބަލަން ކެރެނީ ކިހާވަރަކަށްތޯ ބަލަން ތިއްބެވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ  ޔޫރަޕުން މީހުން ގެނެެސްގެން ތުއްތު ކުދިންނަށް ކިޔަވަދޭ ފޮތްތަކުގެ މުގައްރަރު ބަދަލުކުރަނީ އެކަން ކުރަން އިނގޭ ދީނީ އިލްމު ދަންނަ މީހުން ރާއްޖޭގައި ނެތިގެންތޯ ކަމާއިމެދު ސުވާލު އެފެދޭ ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީގައި ހިމެނޭ އިލްމީ ބޭފުޅުންނާއި އެކު އެތައް ފަހަރަކު އެޑިއުކޭޝަން މިނިސްޓްރީގައި ބައްދަލުކުރެއްވުމަށް އެދިވަޑައިގަންފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ބައްދަލުކުރައްވައި ހަމައެކަނި ކަށަވަރު ކުރައްވަން ބޭނުންފުޅުވަނީ ތުއްތު ކުދިންނަށް އުންގައިނައިދޭ އުނގެނުމުގެ ތެރޭގައި ދީނާއި ބީރައްޓެހި ފިކުރު އޮތްތޯ އަދި ދީނާއި ދުރަށްދާ ފިކުރުވެސް އޮތްތޯ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުޅުއްވަނީ ވަރަށް ބުރަކޮށް ރާއްޖެއިން ބޭރަށް ދަތުރުފުޅުތައް ކުރައްވަން ކަމަށާއި އަދި އެމަނިކުފާނަށްވުރެންވެސް ބުރަކޮށް ބޭރު ގައުމުތަކަށް ޒިޔާރަތް ކުރެއްވުމުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އުޅުއްވާކަމަށެވެ.

އެހެންކަމުން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އަޑު އިވޭނީ އިދިކޮޅުން އެފަދަ ޖަލްސާތައް ބޭއްވުމުން ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ދިވެހިންގެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ފަހުގެ ތާރީހެއްގައި މިނިވަން ކަމާއި އެންމެ ބޮޑަށް ގުޅިފައި އޮތް ތަން ކަމަށާއި ނަމަވެސް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ އެއާޕޯޓް ދިގު މުއްތަކަށް ކުއްޔަށް ދޭން ކަމަށްބުނެ ވިއްކާލި މީހުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

“ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނަމޭ ބުނާއިރު މިބައި މީހުން ވެރިކަމަށް އައިސް ނޫންތޯ 70 މިލިއަން ޑޮލަރަށް ނުއަގުގައި އެއާޕޯޓް ވިއްކާލީ، 25 އަހަރަށް ކުއްޔަށް ދިނީކީ ނޫން. ހަމަ ނުއަގުގައި ވިއްކާލީ. އަޅުަގަނޑުމެންނަށް މަޖުބޫރުވީ އެއާޕޯޓް ފުޅާކޮށް ޓޫރިޒަމް ފުޅާކުރަން. އަޅުގަނޑު ދުށީ އެއީ އުފަލެއް ކަމުގައި. ގައުމީ ވާޖިބެއްގެ ގޮތުގައި. 70 މިލިއަން ޑޮލަރަށް ވިއްކާލި އެއާޕޯޓް އަނބުރާ ހޯދަން އަޅުގަނޑުމެންގެ ސަރުކާރުން 320 މިލިއަން ޑޮލަރު. އެހެންވީމާ ރަނގަޅު ވިޔަފާރިކުރަންވެސް ކުރީގެ ސަރުކާރުން ދަނޭތާ،” ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން އާންމުކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއާޕޯޓް 2023 ވަނަ އަހަރާއި ޖެެހެން ވާއިރަށް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ބުނުމުން ހައިރާންވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަލާމާތް ރައްދުވާފަދަ ވާހަކަތައް އަމިއްލަޔަށް ލިޔާއިރުވެސް ސަރުކާރު ލަދުނުގަންނަ ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެއާޕޯޓެއްގައި އެންމެ ހަރަދުވާ މަސައްކަތަކީ ރަންވޭ ކަމަށާއި ނަމަވެސް ރަންވޭގެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގައި ޒަމާނީ ފެންވަރަށް ނިންމާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

”މި ފަސް އަހަރުގެ ތެރޭގައި މާލޭ އެއާޕޯޓް ތަރައްގީކޮށް ފައްކާކުރާނަމޭ ރޭގައި މި ވިދާޅުވީ، އަމިއްލައަށް މަލާމާތް ރައްދުވާ ވަރުގެ ވާހަކަ ލިޔާއިރުވެސް މިވެރިންނަށް ހަމަ ލަދުގަންނަން ނުވެސް އެނގެނީތޯއޭ. މިވެރިންނެއް ނޫންތޯ މި އެއާޕޯޓް ވިއްކާލީ،” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއުތައް ގިނަކަމުން ނޯޓްވެސް ނުކުރެވޭ ކަމަށް ބުނެ ރައީސް ޔާމީން ވަނީ ސަރުކާރަށް މަލާމާތުގެ ބަސްފުޅުތަކް ރައްދުކުރައްވާފައެވެ.

ދެފަހަރަށް ބަޖެޓަށް ފައިސާ ޖަމާކޮށްގެން ވެސް ދައުލަތުގެ ބެޖެޓް ހުސްވެއްޖެކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ހަޒާނާގައި ހުރި ފައިސާތައްވެސް ބޭނުންކޮށް ހުސްކޮށްފި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: