ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކޮށް ޖޯކް ޖެހުމަކީ ކޫލް ކަމެއް ނޫން: މިނިސްޓަރ މަހުލޫފް

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް :ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އިސްލާމްދީނަށް ފުރައްސާރަކޮށް ޖޯކް ޖެހުމަކީ ބައެއްމީހުން ދެކޭގޮތުގައި ވަރަށްސަޅި އަދި ކޫލް ކަމެއްކަމަށާއި ނަމަވެސް އެއީއެއްވެސް ގޮތަކަށް ސަޅި އަދި ކޫލް ކަމެއް ނޫންކަމަށް ޔޫތްމިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ފެންމަތިވެެފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ. ނަމަވެސް ގިނަބައެއްގެ ފަޑުކިޔުން އެރިޕޯޓަށް އަމާޒްވުމާއި ގުޅިގެން އެމްޑީއެންއިން ވަނީ އެރިޕޯޓް ވެބްސައިޓުންނަގާފައެވެ. 

މިނިސްޓަރު މަހުލޫފް  ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް ދީނަށް ޖޯކު ޖެހުމަކީ މާ މޮޅު އަދި ކޫލް ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ ކަމަށާއި ނަމަވެސް އެއީ ސަޅި އަދި ކޫލް ކަމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1179778647919452161?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1179778647919452161&ref_url=https%3A%2F%2Fwww.addulive.com%2F164347

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: