ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމުދީނަކީ ރިވެތި އަހްލާގުގެ ދީނެއް: ހުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަހްލާގާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް މާތްވެގެންވާ ﷲ ތައާލާ ބާވައިލެއްވި ދީނެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އިސްލާމް ދީނުގައި އަހްލާގީ ރިވެތި ސިފަތަަކަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަންފާ ހުރި ސިފަތަކަކަށް ވީއިރު ބައެއް މުސްލިމު އަހުންނާއި އުހުތުންގެ އުޅުމުން އެ މާތް ސިފަތައް އެކަށީގެންވާ މިންވަރަށް ނުފެންނަ ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

މީގެއިތުރުން ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާ ނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ އަހްލާގީ ސިފައެއް ކަމަަށްވެސް ހުތުބާގައި ބުންޏެވެ.

ދުނިޔެވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫން ކަން ފާހަގަކޮށް ހުތުބާގައި ބުނީ، ބައެއް ފަހަރު ސިއްހަތު ސަލާމަތުން ހުންނަ އިރާއި ބަލި މަޑުކަމާއިވެސް ކުރިމަތިލާންޖެހޭނެ ކަމަަށެވެ.

މުއުމިނުންނަކީ ދުނިޔޭގައި ދަތިތަކާ ކުރިމަތި ކުރައްވައި އިމްތިހާނު ކުރެވޭނެ ބައެއް ކަމަށާއި އެފަދަ ކޮންމެ ހާލެއްގައިވެސް އެ މީހުންގެ ރިވެތި އަހްލާގުގެ ސިފަތައް އިސްކުރަން ޖެހޭ ބައެއް ކަމަށެވެ.

ކެތްތެެރިކަމާއި އެކި އިއްފަތްތެރިވާން ޖެހޭނެ ކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އަތްމަތި ދަތިކަމެއް ނުވަތަ ބަނޑުހައި ހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައި ހުންނަ މުދާ ފޭރި ވަގަށް ނަގައި ނުހައްގުން އަތުލުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

އިސްލާމްދީނަކީ އެންމެ މާތް ދީންކަމުގައި ވީއިރު އިސްލާމީ ބައެއް މުޖުތަމައުތަކުން އަދު ފެންނަ އަހްލާގީ މިންގަނޑުން ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަހަރެމެންނަކީ ހުރިހާ ރިވެތި ހުލްގަތަކުން ސިފަ ލިބިގެންވާ، ﷲ ތައާލާއަށް ކިޔަމަންވެގެންނަ ބަޔަކު ކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: