ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި 4 ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ސަރަޙައްދެއް ހަދަނީ

ހުޅުމާލޭގައި 4 ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ސަރަޙައްދެއް ހަދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން ޕާކިންގް ސަރަޙައްދެއް ޤާއިމް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީތެއްގައި ބުނީ މާލޭގެ މަގުތަކުން ވެހިކަލް މަދުކުރުމަށް މި ސަރުޚާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ޕާކިންގް ފެސިލިޓީއެއް ޤާއިމް ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މި ފެސިލިޓީ އިން 150އަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ޕާކު ކުރާނެ ޖާގަ ލިބިގެންދާނެ ކަމަށެް ކައުންސިލުން ބުނެއެވެ.

https://twitter.com/MaleCitymv/status/1179763862670692352?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1179763862670692352&ref_url=https%3A%2F%2Fmihaaru.com%2Fnews%2F62402

މި ސަރަޙައްދުގައި ޕާކު ކުރުމަށް ފީއެއް ކަނޑައަޅާނެ ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ، ނަމަވެސް ކަނޑައަޅާނީ ކިހާވަރެއްގެ ފީއެއްގެ ކަމެއް ހާމައެއް ނުކުރެއެވެ.

ހުޅުމާލޭގަިއ ޤާއިމް ކުރާ ޕާކިންގް ސަރަޙައްދުގައި މާލޭގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުތަށްވެސް ޕާކު ކުރެވޭނެ ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލޭގައި ދުއްވާ އެއްޗެހި މަދުކުރުުން ކަމަށް ޝިފާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހަދާ މި ޕާކިންގް ސަރަޙައްދު ޤާއިމް ކުރާނީ މާލެއިން ހުޅުމާލެއަށް އަރާ ސަރަޙައްދުގައެވެ. ޕާކިންގް ސަރަޙައްދުގެ ކުރެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މި ޕާކިންގް ސަރަޙައްދު ހުޅުވާ އަމަލީ ގޮތުން ބޭނުންކުރެވޭނީ ކޮންތާރީޙެއްގައި ކަމެއް ހާމައެއް ނުކުރެއެވެ.

ހުޅުމާލޭގައި ޕާކިންގް ސަރަޙައްދެއް ހެދުމަށް އެޗްޑީސީއާއިއެކު ސޮއިކުރުން. ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލޭގައި ޕާކިންގް ސަރަޙައްދެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާއިރު މާލޭގެ އެކި ސަރަޙައްދުތަކުގައި، ހަތަރު ފުރޮޅުލީ ބޭނުން ނުކުރާ އެތަށް އުޅަނދެއް ޕާކުކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވަ ވެހިކަލްތަށް ގިނައެވެ. މާލޭގައި ޕާކިންގްއަށް ޖާގަ އިތުރުކުރެވޭނީ އެފަދަ ވެހިކަލްތަށް ނަގައިގެން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޝިފާ ވިދާޅުވީ މާލޭގަިއ ހުރި ބާ ވެހިކަލްަށް ނެގުމަށާއި މާލެއަށް އެތެރެކުރާ ވެހިކަލްތަށް ކޮންޓްރޯލް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: