ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އެދި ގޮވަނީ 21 ވަނަ ޤަރުނުގެ ތަރައްޤީއަށް!

ކުރީގެ ސަރުކާރުން ރާއްޖޭގައި ހިންގުމަށް ރޭވި މެގަ ޕްރޮޖެކްޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުން އަބަދުވެސް ބޭނުންވީ ބަދަލެއް ދުށުމަށެވެ. އެ ބަދަލުގެ ހުވަފެން އެތަށް ވެރިންނެއް ދެއްކެވި ނަމަވެސް އޭގެ ހުވަފެނުގައި ޙަޤީޤީ ކުލަ ޖެއްސުވީ ނިމިދިޔަ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ކަމާއި މެދު އެއްވެސް މީހަކު ދެބަސްނުވާނެއެވެ. ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ފެންބޮވައިގެންފައިތބީ ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމަކާއި، ތޮއްޖެހިފައިވާ މާލެއިން ބޭރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ނިޒާމަކަށެވެ.

ރާއްޖޭގެ އެތައް ވެރިންނެއް ދިވެހިންނަށް ބްރިޖްގެ ހުވަފެންވެސް ދެއްކެވިއެވެ. 2008 ގަ ރައީސް މައުމޫންވެސް އެވާހަކަ، 2013 ގައި ރައީސް ނަޝީދުވެސް އެވާހަކަ، އަދި ދޭތެރެއަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޫފުޅުންވެސް އެވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކަށް މިކަމުގެ އިންޖިނިއަރިންގ އެންމެ، ފައިސާ ފޮއްޗެއް  ހޯއްދަވާނެ ގޮތެއް ސާފުކޮށް އެނގިވަޑައެއް ނުގަންނަވައެވެ. ބްރިޖޭ، ބްރިޖޭ ވިދާޅުނުވެ، އޭގެ އިނޖިނިއަރިންގއާއި ފައިސާއާއެކު ދައުރުތެރޭގައި ފައްޓަވާ ބްރިޖް ހުޅުއްވީވެސް ރައީސް ޔާމީނެވެ. ވައްކަމޭ، ފައިސާއޭ، މިއަގުގައި އިތުރު ތިން ބްރިޖް އެޅުއްވޭނެއޭ ވިދާޅުވި ފުޅާ ކޯލިޝަން މިއަދު އޮތީ ވެރިކަމުގައެވެ. ބްރިޖަކީ ދިވެހިން ބޭނުންވާ ޕްރޮޖެކްޓެއް ނޫންކަމަށް އެވެރިން އޭރު ބުނި ނަމަވެސް މިއަދު މިފެންނަނީ ރައީސް ޔާމީންގެ ފިޔަވަޅުމަތިން ހިންގަވަން މިވެރިން މަސައްކަތް ކުރައްވާ ތަނެވެ. އާދެ ގުޅިފަޅާއި މާލެއާއި ވިލިމާލެ ބުރިޖަކުން ގުޅާލާ ވާހަކައެވެ. މިއީވެސް ހަޤީޤަތުގައި ރައީސް ޔާމިން ވައުދެކެވެ.

ސަރުކާރަށް އަހަރެއްވާން ދޮޅުމަސް ވެފައިވާއިރު ދަނޑިފަނުންވެސް މެގަ ޕްރޮޖެކްޓެއްގެ ސޮއި އަޅާލެވުނުތަން ނުފެނެއެވެ. ނުވިތާކަށް ކުރީގެ ސަރުކާރުން ފަށާފައިވާ މެގަ ޕްރްޖެކްޓަށް ނިންމާލެވުނީއެއްވެސް ނޫނެވެ. ދަރުމަވަންތަ ހޮސްޕިޓަލްވެސް ހަމަ އެހެންނެވެ. ސިއްހީ ކަންކަން ބޮއްސުންލައިގެން އެތައް ފުރާނައެއް އަޅުގަނޑުމެންނާއި ވަކިވެގެންދިޔައިރު، ސިއްހީ ކަންކަން ދިވެހި ސިޔާސީ ވެރިން ބޭނުންކުރެއްވީ ސިޔާސީ ހަތިޔާރަކަށް، ވޯޓު ހޯއްދަވަން ބޭނުންކުރެއްވި އުކުޅަކަށެވެ.

ރައީސް ޔާމީންގެ ޒައާމަތު ފެނިގެން ދިޔައީ ތަފާތުކޮށް، ކުރަންކުރަން އެމަނިކުފާނު މަޑެއްނުކުރައްވާ، އެދިޔަ ސްޕީޑުގައި ދަރުމަވަންތަ ހޮސްޕިޓަލްވެސް ނިންމާލެއްވިއެވެ. މިސަރުކާރު ހަވާލުވިއިރު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކަށްއޮތީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެކި ޑިޕާޓްމެންޓްތަކަށް ނަން ދެއްވުމެވެ. ނަމަވެސް އެކަންވެސްނުވެ، މީސްމީޑިއާ ދިޔައީ މުޅިން ސަރައްކާލިވެގެންނެވެ.

ތަރައްޤީގެ ޙަޤީޤީ ބާނީއަކީ ރައީސް ޔާމިން ކަމާއި މެދު އިންކާރުކުރާނެ މީހަކު ނުހުންނާނެއެވެ. ދިވެހިން އައު އީޖާދުތަކަށް ލޯހުޅުވާދީ މި ދިވެހި ފަސްގަނޑަކީ އެހެން ފަރާތްތަކަށް ބަރޯސާނުވާ ޖަޒީރާ ޤައުމަކަށް ހައްދަވައިދެއްވީ ރައީސް ޔާމިނެވެ. ކުޑަ ޖަޒީރާ ޤައުމެއްނަމަވެސް ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަށް ބޭނުންކޮށްގެން މި ކުޑަ ޤައުމަކީވެސް ބޭރުގެ ބޮޑެތި ޤައުމުތަކާއި ވާދަކޮށްލެވޭނެ ވަރުގެ ޤައުމަކަށް ހައްދަވާދެއްވީ ރައިސް ޔާމިނެވެ.

ދިވެހިން އަބަދުވެސް ފަހުރުވެރިވެލާފައި ބުނާ ބަހެއް އޮވޭ، ތިމަންނާއަކީ ފަހުރުވެރި ދިވެއްސެކެވެ. ދިވެހިންގެ އަމިއްލަ ބަހަކާއި، އަމިއްލަ ފަސްގަނޑެއް އޮންނަ ވާހަކައެވެ. މިނިވަންކަމާއި އިސްތިގްލާލުގެ ވާހަކައެވެ. އިސްލާމްދީނުގެމަތީގައި ސާބިތުވެ އެތައް ސަތޭކަ އަހަރެއްވަންދެން އޮންނަ ވާހަކައެވެ.

ނަމަވެސް ދަންނަވަންތޯއެވެ، ހުޅަނގާއި ދެކުނާއި އިރާއި އުތުރުން، އެކި ބާރުމިނުގައި ރާއްޖޭގެ މިދެންނެވި މިނިވަންކަމާއި އިސްތިގްލާލާއި ދީނާއި ވަހުދަތުގެ ހިމާޔަތުގައި ހުންނެވީ ރައީސް ޔާމީނެވެ. ހަމައިސްކޮޅަށް ތެދުވެ، ގައުމުތަކުގެ ކުރިމަތީގައި ސާބިތުވެހުންނެވި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީނެވެ. އަލިފް ދާލުގެ މަޖިލީހުގައި، އިންޑިއާއަށްވެސް ދެވެނީ އެއް ވޯޓެވެ. ލަންކާއަށްވެސް ދެވެނީ އެއް ވޯޓް، އިތިއޯޕިއާއަށްވެސް ދެވެނީ އެއް ވޯޓެވެ. ދުނިޔޭގެ ކުރިމަތީގައި ވަކި މިވެނި ގައުމަކަށްވުރެ ރާއްޖެ އިންޗިއެއްވެސް ދަށް ނޫންކަން ސާބިތުކޮށްދެއްވީ ރައީސް ޔާމީނެވެ.

ކޮންމެއަކަސް ޖަޒީރާވަންތަ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެން މިދިޔަ އަހަރު ނޮވެންބަރު 17ވަނަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ދިވެހިންނަށް ފޮނި އުންމީދުތަކެއް ދައްކުވާދީފައެވެ. ބައެއް ޕްރޮޖެކްޓްތަކުގައި ސޮއި ކުރި ނަމަވެސް އެއަށްފަހު އެކަމަށް އަމަލީ އެއްވެސް ސިފައެއް ނުގެނެއެވެ.  ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އަމަލީ މަސައްކަތޭ ކިޔަނީ މެޝިނަރީޒް ހިފައިގެން ގޮސް ކޮންނަން ފެށުމުންނެއް ނޫނެވެ. ސޮއި ކުރުމަކީ އެއީ އަމަލީ މަސައްކަތެވެ. ވަރަށް ވެސް ސަޅި އެހެހް . ނޫންތޯއެވެ. 

މި ސަރުކާރަށް ވުރެ ވަޒީރުން ގިނަ ސަރުކާރެއް ދިވެހި ތަރީހު ނުދެކެއެވެ. ނަމަވެސް ވަޒީރުންގެ ކަންނެތްކަން މިނިސްޓްރީތަކުގައި މަސައްކަތް ކުރާ މުވަޒަފުން ފާހަގަކުރެއެވެ. ވަޒީރުން އަދިވެސް އުޅުއްވަނީ ކުރީ ސަރުކާރުގެ ހަޑި ނުފިލުވިގެންނެވެ. އެކަމަކާއި ހުރެ ގައުމުގައި މަޝްރޫޢުއެއް ނުހިންގިގެންނެވެ.

މި ސަރުކާރުގައި ހިންގުމާއި މެދު ސުވާލު އުފައްދާ ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ގުޅާއިރު މިނިސްޓްރީތަކުން ދޭނެ މައުލޫމާތެއް ނުހުރެއެވެ. އެކަމާއި ގުޅިގެން މީޑިއާތަކުން ސަރުކާރަށް ކުރި ޕްރެޝަރާއެކު ކޮންމެ ހަފަތާއަކު އެކި ވުޒާރާތަކުން ސައިފޮދު ބާއްވާ މީޑިއާތަކަށް ދައުވަތު ދޭން ފެށިއެވެ. ނަމަވެސް ދެއްވަނީ ތަކުރާރުކޮށް އެއް ޖަވާބެކެވެ. ދެއްވަނީ އެއް ހިސާބު ނަންބަރުތަކެކެވެ. ނޫސްވެރިންގެ ހަގީގީ ސުވާލަކީ ގުޅަ ބަޖިޔާގެ އަގެއް ނޫނެވެ. އަސްލު ސުވާލަކީ ފަށަން ތައްޔާރުވެފައިހުރީ ކޮން ޕްރޮޖެކްޓެއްތޯ، އެޕްރޮޖެކްޓަށް ހަރަދުވަނީ ކިހާ ފައިސާއެއްތޯއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ކޮރަޕްޝަނޭ ވައްކަމޭބުނެ، މިސަރުކާރުން އެއްވެސް ޕްރޮޖެކްޓެއް ނުފަށާ ފޯކަސް ގެއްލުވާލަށެވެ. ސިޔާސީ މަޤާމުތަކާއި އެހެނިހެން މަޤާމުތަށް ގާތް ބޭފުޅުން ބައްސަވަމުން ގެންދަވާއިރު ރައްޔިތުންނަށް ވެވަޑައިގެން ވައުދުގެ މަތިން މިވަނީ ހަނދާނެތިފައެވެ. ނުވިތާކަށް ކުރީގެ ސަރުކާރުތަކުން ފަށާފައިވާ ބޮޑެތި މަޝްރޫތަށް ހުއްޓި ބޮޑު އޮޅުންސުވާއްޔަކަށް ވަނީ ހަދާފައެވެ. ބިލިއަނުން މިލިއަނުން ޚަރަދުކުރަންފެށި މަޝްރޫތަށް ވީނުވީއެއްނޭންގި ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ޖަޒީރާވަންތަ ރާއްޖެއެއްގައި ކަން ހިނގާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވެޑައިގެން ގޮތާއި މުޅިން ޚިލާފަ ކަންތަށްތަކެކެވެ.

ދިވެހިން ޖަޒީރާވަންތަކަމަށް ލޯބިކުރެއެވެ. ރައީސް ސޯލިހުއެވެ! ނަމަވެސް ދަންނަވަންތޯއެވެ! ދިވެހިން ޒަމާނީ ތަރައްގީއަށް ލޯބިކުރެއެވެ. ދިވެހިން ބޭނުންވަނީ ކުދި ބިސްކޯދުން އަޅާ ކޯޒްވޭއެއް ނޫނެވެ. ދިވެހިން ބޭނުންވަނީ ދަނޑިފަނުން ހަދާ ފޫޅުމާގެއެއް ނޫނެވެ. 1600 ގެ އަހަރުތަކުގައި ތާށިވެފައި ތިބޭކަށް ދިވެހިން ބޭނުމެއް ނުވެއެވެ. ދިވެހިން އެދެނީ ތަހުޒީބުވެފައިވާ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް މި 21 ވަނަ ގަރުނުގައި އަންނަމުންދާ ރޮކެޓް ސްޕީޑުގެ ތަރައްގީއެވެ. ތަފާތު ނަންނަމުގައި ފޮތް ހެއްދުން ހުއްޓަވާލައްވާށެެ. ފޮތެއް އޮތަކަށް އެދުރެއް ނުވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: