ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީސްމީޑިއާގައި މީހުންގެ އަގު ވައްޓާނުލާ!

ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާން މިވަނީ ބަދަލުވެފައެވެ. އަޅުގަނޑުމެން މިއަދު ގުނަމުން މިދަނީ 21 ވަނަ ގަރުނުގެ ދުވަސްތަކެވެ. ދުނިޔެ މިއަދު ތަޖުރިބާ ކުރަމުން މިދަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އަދި ތަޖުރިބާ ނުކުރާ ތަރައްގީ އާއި ތަހްޒީބުގެ ރަންޒަމާނެކެވެ.

ދުނިޔެ ކުރިއަރައިގެންދާލެއް އަވަސް ކަމުން މިއަދު ދުނިޔެ މިވަނީ އަޅުގަނޑުމެންގެ އަތުގެ މުށުތެރެއަށް ލެވޭހާ ކުޑަތަނަކަށް ވެފައެވެ. ޓެކްނޮލޮޖީގެ އައު އުފެއްދުންތަކުގެ ސަބަބުން ދުނިޔެއަށް މިއަދު މިވަނީ ބޮޑު އިންގިލާބެއް ގެނުވާފައެވެ.

ނަމަވެސް ހިތާމައަކީ ދުނިޔެ ދެކެމުންދާ ތަރައްްގީއާއި ތަހްޒީބުގެ ކުލަތައް އަޅުގަނޑުމެންގެ ދިރިިއުޅުމުން ނުފެންނާތީއެވެ. އެހެންގޮތަކަށް ބުނާނަމަ އަޅުގަނޑުމެންގެ ވިސްނުނުން ތަހުޒީބު ނުވާތީއެވެ.

ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންގެ ދިިރިއުޅުމަށް އެންމެ ބޮޑު އެއް އިންގިލާބު ގެނައި އެއް އީޖާދަކީ މީސްމީޑިއާއެވެ. ގިނަ ބަޔަކު ދޮގު ނުކުރާނެ ހަގީގަތަކީ މީސްމީޑިއާގެ އެކި މަންސަތަކުގައި ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ހިތާމަކޮށް ކޮންބޮޑުވާން ޖެހޭ ކަމެވެ.

ބަވަނަ ވެފައި މިވާ ދުނިޔޭގައި ބައެއް މީހުން މީސްމީޑިއާގެ ބައެއް މަންސަތަކުގެ ބޭނުން ކުރަމުންދަނީ މީހުންގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށެވެ. ދުނިޔޭގެ ބޮޑު އިންސައްތައެއްގެ އާބާދީ ބޭނުން ކުރަމުންދާ މީސްމީޑިއާ މިވަނީ ހަނގާގެ ހާއްޔަކަށްވެ ނިމިފައެވެ.

މީހުންގެ ޒާތީ ދިރިއުޅުމަށް އިނގިލި ދިއްކުރުމާއި އެކަންކަމާއި ބެހުމެވެ. މީހުންގެ އަންހެން ދަރިންގެ އިއްފަތްތެރިކަން ވެއްޔާއި މޮޑެލުމެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

މިއަދު ރާއްޖޭގައިވެސް މިވަނީ މީސްމީޑިއާގައި ހަނގާކޮށް މީހުން ބަދުނާމު ކުރުމުގެ ކަންތައް އިންތިހާއަށް ބޮޑުވެފައެވެ. ފަހަރުގައި މިކަމަކީ މާބޮޑު ސަމާލުކަމެއް ނުދެވޭ ކަމެއް ކަމުގައި ވެދާނެއެވެ.

އެކަން އަތްނުފޯރާ ހިސާބަށް ދިޔައީ ވެސް އަޅާ ނުލާ ދޫކޮށްލެވުނީ ކަމުގައި ވެދާނެއެވެ.  ނަމަވެސް މި ހާލަތާއި މެދު ފުންކޮށް ވިސްނާލުމުން ކުރެވޭ އަދި ކުރެވިފައިވާ ހަނގާގެ އަމަލުތަކާއި އެކަމުގެ ނުރައްކާތެރިކަން ސިފަވާނެއެވެ.

ރާއްޖޭގެ ނިސްބަތުން މަދުނަމަވެސް ގިނަބަޔަކު ފޮލޯ ކުރަމުންދާ ބައެއް މަޝްހޫރު ފޭސް ބުކް ޕޭޖުތަކުގައި މިކަމަކީ ކޮންމެ ދުވަހެއްގައިވެސް ހިނގާ ކަމަކަށް ވަނީ ވެފައެވެ.

އަޅުގަނޑަށް ޖެހިލުންނުވެ ދަންނަވާލަން ކެރޭނީ ފޭސްބުކްގައި ހުންނަ ބައެއް ޕޭޖް ތަކަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިނގުމަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ޕޭޖްތަކެވެ.

އެބީދައިން ހިއްސާކުރާ ފޮޓޯ، އަދި ވީޑިއޯތަކަށް ތިމާގެ އިހްސާސްތައް ބަންޑުން ކޮށްލާ އެކަކު އަނެކާއާއި ހިއްސާކޮށް އުޅުން މިވަނީ އާންމުވެ ގިނަބަޔަކު ދެވި ހިފާފައިވާ ކަމަކަށްވެފައެވެ. ނޭނގި ނަމަވެސް އަނގަ އޮޅި ބުނެވޭ ބަހަކުން އެމީހާގެ އިއްޒަތް ވެއްޔާ މޮޑެލުމަށް ނަގަނީ އެސްފިޔަ ޖަލާވަރުގެ ސިކުންތެލެވެ.

ބައެއްގެ އައުރަ ނުފޮރުވޭ ފަދަ ޕޮޓޯތަކެއް ނުވަތަ ވީޑިއޯއެއް ފޭސްބުކް ޕޭޖަކަށް ލާފިނަމަ ދެން ބައެއް މީހުންގެ ފައި ބިންމަތީގައި ނުޖެހޭނެއެވެ. އެ ފޮޓޯތައް ޝެއަރ ކޮށް އެކަމަށް އެއްޗެހި ކިޔައި މަލާމާތް ކޮށް އުޅޭ މީހުންނަކީ ވަކި ރަނގަޅަށް އުޅޭ ބައެއް ނޫނެވެ.

އެމީހުންވެސް އުޅޭނީ އެގޮތަށެވެ. ހަމައެކަނި ތަފާތަކީ އެމީހުންގެ ފޮޓޯއެއް އާއްމު ނުވާ ކަމެވެ. އަޅުގަނޑު ބައެއް ފަހަރު ހިތަށްވެސް އަރައެވެ. މީހުންގެ ދިރިއުޅުމާއި ބެހި، މީހެއްގެ އަގު ވައްޓާލައިގެން ވާނީ ވަކި ކޮންފައިދާއެއްތޯއެވެ.

މިފަދައިން ބަހުގެ ގޮތުން ނަމަވެސް ކުށެއް ކުރެވޭ ފަރާތަށް ހަމައެއް ލަމައެއްނެތި ގޮވާލާ ގޮވެލިފަތީގެ ނުރައްކާތެރިކަން އިހްސާސް ކުރެވޭނީ އެފަދަ ހާލަތެއް އަމިއްލައަށް ކުރިމަތިވާ ހިސާބުންނެވެ.

މީހެއްގެ ހިތް ކުދިކުދި ކޮށްލުމަށް ތިމާއަކީ ކާކުކަން އެނގުން މުހިއްމެއްނޫނެވެ. ކޮއްލާ ކޮމެންޓަކުން ނުވަތަ ދޭ ރިއެއްކްޝަންއަކުން ފުދެއެވެ. ވިސްނާލަން ޖެހޭ ކަމަކީ ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ ފަރާތެއް ކަމުގައިވުމެވެ.

ކުރެވޭ ކުށް އަމަލުތަކާއި ހެއްދެވި ސިފައަށް މަލާމަތްކޮށް މީހަކު ފަލީހަތްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިކަމަކީ މާ މޮޅު ކަމެއްކަމުގައި ދެކިގެން އެކަން ކުރާފަރާތްތަކުގެ ނާތަހުޒީބުކަން ހަގީގަތުގައި މާބޮޑެވެ.

ތިމާ އަކީ ނުރައްކާތެރި ހަނގާއާއި ދެކޮޅު ފަރާތެއް ނަމަ މިއުސޫލުން ކަންކުރުމަށް ހަގީގަތުގައިވެސް ލަދުގަންނަން ޖެހެއެވެ. މީސް މީޑިއާއަކީ ހަނގާގެ ހާއްޔަކަށް ނަހަދާށެވެ.

މީހެއްގެ ދިިރިއުޅުމަށް އަތްލައިގެން ބެހި މީހަކަށް އުނދަގުލެއް ޖައްސައިގެން ވާނެ ފައިދާއެއް ނޯންނާނެއެވެ. މަސަައްކަތް ކުރަންވީ ތިބާގެ ސަބަބުން މީހަކަށް އުނދަގުލެއް ނުޖައްސާ އެކުވެރިކަމާއި އެކި ދިިރިއުޅުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: