ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ކިއު ގަލޮޅު ދަނޑަށް ބަދަލުކޮށްފި

ބިދޭސީންގެ ކިއު ގަލޮޅު ދަނޑަށް ބަދަލުކޮށްފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ ދިގު ކިއުތަކަށް ހަލެއް ހޯދުމަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށްޓަކައި ނަންބަރު ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ރެގިއުލަރައިޒޭޝަން ޕްރޮގްރާމް” ގެ ދަށުން “ރެގިއުލަރައިޒް ވާން އެދޭ ބިދޭސީންގެ ދަފްތަރު”ގައި ރަޖިސްޓްރީވުމަށްޓަކައި މިނިސްޓްރީގެ އޮފީހުން ނަންބަރު ދޫކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ކިޔޫ ނަންބަރު ދޫކުރުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 5:00 އަށް ގަލޮޅު ދަނޑުން ކަމަށް މިނިސްޓްރީންގެ އިއުލާނުގައި ބުނެފައިވެއެވެ. އެޕޮއިންޓްމަންޓް ހެއްދުމަށްޓަކައި ދަނޑަށް ވަނުމަށް ބޭނުންކުރާނީ ދެ ނަންބަރު (އޮލިމްޕަސް ކުރިމަތި) ގޭޓެވެ.

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 އިން ފެށިގެން، ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި ވަނީ ފަށާފައެވެ.

ސަރުކާރުން ހުޅުވާލި މި ފުރުސަތުގައި ކޮންމެ ދުވަހަކުވެސް އެތަށް ސަތޭކަ ބިދޭސީންނެއް ކިއު ހަދައިގެން މުޅި ދުވާލު އެތާގައި ތިބެއެވެ. އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ބިދޭސީން ގިނަ އިރު ކިއުގައި ކޮޅަށް ނުތިބެ ފަސޭހަ އިންތިޒާމެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ސަންގަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދުވާލެއްގެ މައްޗަށް 150 ކާޑު ދޫކުރަމުންދާ ކަމަށާއި އޭގެތެރެއިން 100 ކާޑަކީ ޑޮކިއުމަންޓް އޮތް ބިދޭސީންނަށް ދޫކުރާ ނަންބަރުކަމަށެވެ. އަދި އަނެއް ފަންސާސް ކާޑަކީ ޑޮކިއުމަންޓް ނެތި އުޅޭ ބިދޭސީންނަށް ދޫކުރާ ނަންބަރު ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން 6 މަސް ދުވަސް ވަންދެން ބިދޭސީ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާރޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ނުކޮށްދެވޭ ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓާނެއެވެ.

ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: