ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކުނި ނައްތާލުމައި އޭގެން އަރާ ދުން ކުޑަ ކުރުމަށް ވަރުގަދަ މެޝިންތަކެއް ބޭނުންވާނެ”

މިއަހަރުގެ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ކްރޮސްރޯޑް މޯލްޑިވްސްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ރައްކަަތެރި ގޮތެއްގައި ކުނި ނައްތާލުމާއި އޭގެން އަރާ ދުން ކުޑަ ކުރުމަށް ވަރުގަދަ މެޝިންތަކެއް ބޭނުންވާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ކްރޮސްވޯޑް މޯލްޑިވްސް ގައި ބޭއްވި ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ގައި ފަތުރުވެރިކަން ކުރިއެރުވުމަށް ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަނުން ޑރ. ހުސެއިން ވިދާޅުވީ މީގެ ކުރިން ސަރުކާރުން މި ފައިސާ ބޭނުން ކުރަނީ ގަވާމެންޓް ރެވެނިއުއަށް ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ އެ ފައިސާ ވޯޓާ ސްވެރޭޖްގެ ޕްރޮޖެކްޓުތަކަށް ބޭނުން ކުރުމުމަށް ކަމަށެވެ.

މިނިސްޓަަ ވިދާޅުވީ ގޮތުގައި މިއަހަރުގެ ތެރޭގައި އެ އުސޫލަށް ބަދަލު ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި، އޭގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރީ އެކަށީގެންވާ ބަޖެޓެއް ނެތި އެކަމަށް އިތުރު އެހީ ބޭނުން ވުމެވެ.

މިއަހަރުގެ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ކްރޮސްރޯޑް މޯލްޑިވްސްގައި

މިނިސްޓަރު ވިދާޅުވިގޮތުގައި ކުންޏާއި ނަޖިހުން ކަރަންޓު އުފައްދަން މިސަރުކާރުން ރާވާފައިވަނީ ރަށްރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަކަށް ގެންގޮސް އެއިން ގަސްކާނާ ހެދުމެވެ. އަދި އަންދައިގެން ނައްތާނުލެވޭ ކުނި، ކުދިކޮށްގެން ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރެވިފައިވާ ރަށްތަކެއް ނޫން ކަމަށާއި އެކަމުގެ ވާހަކަ ދައްކާ ކުރީގެ ސަރުކާރަށްއެއްވެސް ފާޑުކިއުމެއް ރައްދު ކުރާކަށް ބޭނުން ނުވާކަމަށް އޭނާ ވިދާޅިވިއެވެ. ގިނަ ރަށްރަށުގެ ކުނި ނައްތާލުމުގެ ޕްލޭންތަކެއްވެސް ހެދިފައި ނުވާ ކަމަށް ވިދާޅުވެ ޑރ. ހުސެއިން ވަނީ މި ސަރުކާރުން އެ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް މެނޭޖްމެންޓްއަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

.މިއަހަރުގެ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ކްރޮސްރޯޑް މޯލްޑިވްސްގައި

ފުޅާ ދާއިރާއެއްގައި ރަށްރަށުގެ ކުނި ނައްތާލުމުގެ ނިޒާމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ ރަށްރަށަށް ޖަމާވެފައި ހުރި ކުނީގެ ވާހަކަތައް ދައްކާއިރު މާލެ ސަރަހައްދުން އެކަނިވެސް 500 ޓަނުގެ ކުނި އުފެދި ތިލަފުއްޓަށް ގެންދަންޖެހޭ ކަމަށެވެ. ތިލަފުއްޓަށް ގެންދެވޭ ކުނި ނައްތާލުމުގައި ވިހަ ގަދަ ދުން ބޭރުވާއިރު މިނިސްޓަރ ވަނީ އެ ދުން މަދު ކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްއް ފާހަގަ ކުރައްވާފައެވެ. އެގޮތުން މިވަގުތު ބޭނުން ކުރަމުން އަންނަ އިންސިނިނޭޓާސްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ޑރ. ހުސެއިންގެ ވާހަކައިގައި ތިލަފުށީގެ ވާހަކަ ފާހަގަ ކުރެއްވުމުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ތިލަފުށިން ކުނި އެންދުމުގައި އަރާ ދުން ގިނަ ވެފައި ވާތީ އެކަމުގެ ޝަކުވާތައް ކޮންމެވެސް ވަރަކަށް ލިބެމުން އަންނަ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމަށް އޮތް ހައްލަކީ ވެސް ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި ޑރ. ހުސެއިން ވިދާޅުވީ ތިލަފުށީގައި ބަހައްޓާފައިވާ 5 އިންސިނަރޭޓަރުން ދުވާލަކު 20 ޓަނުގެ ކުނި އެންދޭނެކަމަށެވެ. އަދި ތިލަފުށީގައި ހުރި އިންސިނަރޭޓަރތައް ޓެސްޓުކުރުމުގެ މަސައްކަތްވެސް ކޮށް ނިމިފައިވާކަމަށެވެ. ނަމަވެސް މެޝިންތައް މުޅިން ބޭނުންކުރަން ފެށޭނީ ކުނި ވަކިކޮށް ތިލަފުއްޓަށް އުފުލޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވިގެންކަމަށެވެ.  ނަމަވެސް އަދިވެސް ތިލަފުށިން އަރާ ދުން މަދު ކުރުމުމަށް ވަރުގަދަ މެޝިންތަކެއް ބޭނުން ވާކަމަށް ވިދާޅިވިއެވެ. އަދި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުން ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ 51 ރަށެއްގައި ރަށު ފެންވަރުގެ ކުނި ކޮށި ވަނީ ގާއިމްކޮށްފަ އެވެ. އަދި އިތުރު 13 ރަށެއްގައި ކުނި ކޮށި ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް 15 ރަށެއްގައި އެކަށީގެންވާ ކުނި ކޮށި ނެތް ކަމަށް އެންވައިރޮމެންޓްއިން ބުނެފައި ވެއެވެ.

ސަރަހައްދީ ފެންވަރެއްގައި ކުނި ނައްތާލުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ހެދުމުގެ މަސައްކަތް މިނިސްޓްރީއިން ވަނީ ފަށާފައެވެ. އެއީ ތިލަފުއްޓާއި އައްޑޫ އަތޮޅުގެ އިތުރުން ރ. ވަންދޫގައި ގާއިމު ކުރާ ސެންޓަރުތަކެވެ. އެތަންތަނުގައި ކުނި ރައްކާތެރިގޮތެއްގައި ނައްތާލެވޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: