ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތި ލެއްވި ހަތަރު ބޭފުޅުންގެ ނަން ދިރާސާ ކުރުމަސް ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމުގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަމާ އެކު ހަތަރު ނަމެއް ރައީސް މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ހަތަރު ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް އިއްވައި އެ ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވައިފި އެވެ.

އެންއައިސީއަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިލަތިލާން ހުޅުވާލުމުން 26 ފަރާތަކުން ކުރިމަތިލިއެވެ. އަދި އޭގެތެރޭގައި އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއުވެސް ހިމެނިވަޑައިގަންނަވައެވެ. އޭރު ރައީސް މަޖިލީހަށް ނަން ފޮނުވީ ވެސް މާނިއުގެ ނަމާއި އެކުގައެވެ. ނަމަވެސް ފަހުން މާނިއު ނަން އަނބުރާ ގެންދިއުމުން މަޖިލީހާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން އަނެއްކާވެސް އެ ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލިއެވެ.

މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ނަންތަކުގެ ތަރުތީބަށް ބަލާއިރު އެންމެ ކުރީގައި ވަނީ ޝުއައިބުގެ ނަމެވެ. ޝުއައިބަކީ އާއްމުންގެ ތެރެއިން ޖޭއެސްސީއަށް މީގެކުރިން އިންތިހާބު ކުރައްވާފައިވާ ބޭފުޅާއެވެ.

ރައީސް އިސްކަންދެއްވި ބޭފުޅުން:

ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ރސ. 1188
ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ. ދިވެތި
ޑރ. މަރުޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
ހައްވާ ލީޝާ، ގ. ތުޑިވެލި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: