ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންދިތާގެ ތިޖޫރި ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ސިންދިތާ ފިހާރަ: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

މީޑީއާތަކަށް މައުލޫމަތު ދެމުން ބުނީ ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސިންދިތާ އޮފީހުގެ ތިޖޫރީތައް ހަލާކު ކޮށްލައިގެން 30،000 ރުފިޔާ އާއި 4700 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9 ޖަހާކަށް ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ފިހާރަ ފަޅާލައިގެން ވަގަށް ނެގި ފައިސާގެ އަދަދު 102،474 ދިވެހި ރުފިޔާއަށް އަރައެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ. މިދުވަސްވަރަކީ ވައްކަމާއި ފޭރުމާއި އަދި އާއްމުންގެ މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަށް އިންތިހާއަށް އިތުރުވެފައިވާ ދުވަސްކޮޅެކެވެ. ފުލުހުން ދަނީ ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: