ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ސިޔާސީ ކުލަ ޖެހޭނެ ދާއިރާއެއް ނޫން: މިނިސްޓަރ އަލީ ވަހީދު

މި އަހަރުގެ ޓޫރިޒަމް ކޮންފަރެންސް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ސިޔާސީ ކުލަ ޖެހޭނެ ދާއިރާއެއް ނޫން ކަމަށާއި ދާއިރާއަށް ގެންނަ ބަދަކުތައް ދައްކާނީ އަމަލުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑް މޯޅްޑިވްސްގައި ފެށި ޓޫރިޒަމް ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިވެރިކަމަށް އިތުރު ވަޒީފާތަކެއް އުފައްދަން ޖެހޭ ކަމަށެވެ. އެގޮތުން މި އަހަރު ތެރޭގައިވެސް 19 ރިސޯޓު ހުޅުވި ދިވެހި ޒުވާނުންނަށް ދާއިރާއިން ކުރިޔަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކަށް ވީ މި އަހަރު ނިމިގެން ދިއުމުގެ ކުރިން 20 ރިސޯޓު ހުޅުވުން ކަމަށާއި އެގޮތުން 20 ވަނަ ރިސޯޓު އަންނަ މަހުގެ ތެރޭގަައި އައްޑޫ ސިޓީގައި ހުޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިންނަށް ފަތުރުވެރިކަމުގައި ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތްތަކާއި މަތީ މަގާމްތަކަށް ދިވެހިންނަށް ދިމާވާ ދަތިތައް ހައްްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހާގަ ކުރައްވާ އަލީ ވަހީދު ވިދާޅުވީ މިކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ބަލައި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި މި ކޮންފަރެންސްގެ ތެރެއިން މަޝްވަރާކުރެވޭ ކަންކަމުގެ ބޭނުން ހިފާނެކަމަށެވެ.

މީގެ އިތުރުން ދިވެހި ފަންނާނުންނާއި އުފެއްދުންތެރިންނަށް ޙާއްސަ ސެޝަނެއްވެސް ކުރިއަށްދާނެ ކަމަށާއި މި ސެޝަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ފަންނާނުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި މިހާތަނަށް ހަދާ ފުރަތަމަ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ބިންގާ މިމަހުގެ އެއްވަނަ ދުވަހު ރ. އަނގޮޅިތީމުގައި ހުޅުވާފައިވާކަން ފާހަގަ ކުރައްވާފައެވެ. ގެސްޓް ހައުސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަން ފަށާ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ފުރަތަމަ ސެންޓަރު ތަރައްގީ ކުރެވިގެން ދިއުމަކީ ސަރުކާރަށް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ތަރައްގީ ކުރި އެތަނުން ރާއްޖޭގެ ސަގާފަތާއި ތާރީހުގެ މައުލޫމާތު ލިބޭނެ އެވެ. އަދި އެއާއި ގުޅުވާ ސްކޫލްތަކުގެ ދަރިވަރުންނަށް ޓޫރިޒަމް މިނިސްޓްރީ އިން ދޭ ހިދުމަތަކުގެ މައުލޫމާތު ދޭނެ “އޯޕަންޑޭ” އެއް ބާއްވާފައިވާކަން އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ވިލިމާލެ އާއި ހުޅުމާލެ އާއި މާލޭގެ ސްކޫލްތަކުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި “ކިޑްސް ފުޓްބޯލް ފިއެސްޓާ” ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގައި ހުންނަ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީން ވުމުގެ ފުރުސަތު މިހާރު ދެވިފައިވާ ކަމަށެވެ.

3 ސެޝަން އަކަށް ބާހާލައިގެން ކުރުޔަށް ގެންދާ މި ކޮންފަރެންސްގައި ކަނޑައެޅިފައިވާ ދާއިރާތަކަށް، ވާހަަކަ ދައްކާ މަޝްވަރާ ކުރެވޭނެ އެވެ. މި ކޮންފަރެންސްގައި ތަފާތު 4 މައުޟޫއަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި އިނގިރޭސިވިލާތުގެ ސަލާމަތީކަންކަމައި ގުޅޭ ފަރާތްތައް ބައިވެރިވެ ވާހަކަ ދައްކާނެ އެވެ. ދެންހުރި މައުޟޫތަކުގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ތިމާވެށި ހިމެނެއެވެ. މި ކޮންފަރެންސްގައި ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށްދެވޭނެ ގޮތްތަކާއި، އެއްތަނުން އަނެއްތަނަށް ގަސް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

ގާތްގަނޑަކަށް 100 ބައިވެރިންނާއި އެކު ފެށި ޓޫރިޒަމް ކޮންފަރެންސްގައި ރާއްޖޭގެ ގިނަ ރިސޯޓުތަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް އަންނަނީ ފަހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: