ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީ މެމްބަރުކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ކުރިމަތިލައިފި

ފުއާދު ތައުފީގް: ފޮޓޯ އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ (އީސީ) ގެ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކުރިމަތިލައްވައިފިއެވެ. އީސީގެ މެމްބަރު ކަމުގެ މަގާމަށް ފުއާދުގެ އިތުރުން ކުރިމަތިލެއްވީ، އެ ކޮމިޝަނުގެ މިހާރުގެ ނައިބު އަމްޖަދު މުސްތަފާއެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ނަމެއް ކަނޑައަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިސްކަން ދެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ފުއާދާއި އަމްޖަދު ގެ ނަން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ފޮނުއްވި ނަންތައް ވަނީ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކަށް ފޮނުވާފައެވެ.

އީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ.

މީގެއިތުރުން ފުއާދް އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވިއިރު މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަންޗަންގޯލި ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ފުއާދު ވަނީ ވާދަ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވިއެވެ. އެ މަގާމަށް ކުރިމަތިލައްވަން ހުޅުވާލީ އަމްޖަދުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: