ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނާއި ސިޔާސީ މުވައްޒަފުންނަށް ރައީސް ސާލިހުގެ ވަރުގަދަ އިލްތިމާސެއް!

ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހުރިހާ ވަޒީރުންނާއި ސިޔާސީ މުވައްޒަފުންނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރުމަށް ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒްކޮށްް ސަރުކާރުން ތައްޔާރުކުރި އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގައި ބޭއްވުނު ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެކްޝަން ޕެލޭން އިފްތިތާހުކޮށްދެއްވީ އެމަނުކުފާނެވެ. 

އެކްޝަން ޕްލޭންގައި މައިގަނޑު ދެކަމެެއް އޮތްކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، ކަން ކުރަންވީ ގޮތް ތަރުތީބު ކުރެވި ލިޔެވިފައި އޮތް ކަމަށާއި އެކަންތައްތައް އެ ޕްލޭނުގައި “އޮތް ގޮތަށް” ކުރުމަކީ ވަޒީރުންގެ ޒިންމާއެއް ކަމަށެވެ.

“އޭގައި އޮންނާނެ ކުރަންވީ  ކަންތައްތަކާއި، ތާރީޚާއި ފައިސާ ހޯދާނެ ގޮތާއި، އެކަން ނިންމާ ތާރީޚަކާއި. ފާހަގަޖަހަމުން ތިބޭފުޅުން ކުރިޔަށް ވަޑައިގަންނަވަންވީ. އެއްވެސް މައްސަލައެއް ނެތް. އޭރަށް ފަސް އަހަރުވާއިރުގައި އަޅުގަނޑުމެންގެ ވައުދުތައް އޮންނާނީ ފުދިފައި.” ރައީސް ސާލިހު ވިދާޅުވިއެވެ.

މި އެކްޝަން ޕްލޭންގެ ދެވަނަ ކަމަކަށް ރައީސް ސާލިހު ފާހަގަކުރެއްވީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އެކްޝަން ޕްލޭންގައި އޮތް ގޮތަށް ކަންކަން ކުރޭތޯ ބެލުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ނުވަތަ ކޮންމެ މީޑިއާއަކަށް ބޭނުންވާ ދާއިރާއަކުން ސަރުކާރާއި ސުވާލުކުރެވޭނެ ކަމަށެވެ.

“ކީއްވެގެންތޯ މި މަސައްކަތް ނުނިމި އޮތީ. ކީއްވެގެންތޯ މިކަން ފަސްޖެހިފައި އޮތީ. މިއީ، މި ސްޓްރެޓެޖިކް އެކްޝަން ޕްލޭނުން އަޅުގަނޑުމެން ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ދެވަނަ ކަމަކީ. މީގަ އެބަހުރި ޝަރުއީ ދާއިރާއިން ކުރަންޖެހޭ ކަންކަން. މީގަ އެބަހުރި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން. އެހެންވީމާ މިރޭ އަޅުގަނޑު އަނެއްކާވެސް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ ޝަރުއީ ދާއިރާގެ ބޭފުޅުންނަށްވެސް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށްވެސް އަޅުގަނޑުމެން އެންމެން އެކުގައި މިވީ ވައުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހިވަޑައި ނުގެން، އަޅުގަނޑުމެންނާއި އެކީގައި ކުރިޔަށް ވަޑައިގަންނަވާށޭ.” ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި އެކްޝަން ޕްލޭންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ފުދުންތެރި ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރުން ކަމުގައެވެ. އަދި އެކަން ކުރެވޭނީ ނޫ އިގްތިސާދުގެ ތެރެއިން ތަނަވަސް ޖަޒީރާ ދިރިއުޅުމަކަށް ދެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ މި އެކްޝަން ޕްލޭން ތައްޔާރުކުރުމުގައި މަސައްކަތްކުރެއްވި ރައީސް އޮފީގެ ޕޮލިސީ ޓީމް އަދި ކޮމިއުނިކޭޝަން އޮފީހުގެ ބޭފުޅުންގެ އިތުރުން އެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަަންނަވާފައެވެ.

މިރޭގެ  ރަސްމިއްޔާތުގައި ކޯލިޝަން ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މައުމޫނަށް މި ރަސްމިއްޔާތަށް ވަޑައިނުގެންނެވުނީ މިވަގުތު މެލޭޝިޔާގައި ހުންނެވުމުންނެވެ.

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މީގަ ކޮބާ ދިން އިންޒާރަކީ؟؟؟ މަވެސް މިއީ ނޫސްވެރިއެއް. ތި ހަފްލާއެއް އަޑުވެސް އެހިން. އިންޒާރެއް ނުދޭ. ރައީސެއް ވެއްޖިއްޔާ އެ މޭރުމުން ވާހަކަ ދައްކާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: