ކުއްލި ޚަބަރު

ރިޟްވާން ސީރިއާށް ދިޔަކަމަށް ދައްކަން އުޅުނު ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފި

ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިންޓެލް ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފި- ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ރަހީނުކޮށް މަރާލާ ކަނޑުފެއްތިކަމަށް ބުނާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ސީރިއާއަށް ގޮސްފައިވާކަމަށް ދައްކަން އޭނާގެ ޕާސްޕޯޓް ހަދަން އުޅުނު ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ކޯޕްރަލް މުހައްމަދު ޖިނާހު އަދި ކޯޕްރަލް އިބްރާހީމް ރިފްއަތު، ކުރީ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދިނީ މި ސަރުކާރުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ރިފްއަތު އާއި ޖިނާހުއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބުނެފައި ވަނީ އެ ދެ މީހުން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރިޟްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށެވެ. އަދި ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަންވެސް ދެ ފުލުހުން މަސައްކަތް ކުރި ކަމަށް އެ ރިޕޯޓުގައިވެއެވެ.

މިއަދު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޖިނާހުއާއި ރިފްއަތު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، ދެ މީހުންވެސް ވަޒީފާއިން ވަކި ކުރުމާއި ރިޟްވާން މައްސަލައާއި ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ރިޟްވާންގެ މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވެގެން އައި އިންޓެލް ދެ އޮފިސަރުންގެ ވަކި ކުރި ސަބަބެއްކަމަށް ކޮމިޝަނާ ވިދާޅުވީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ އަތުން ފައިސާތަކެއް ނެގި މައްސަލައިގައި ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓު އާންމު ކުރުުން، ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނަރަލް އޮފީހުން ލަފާދީފައިވީ ނަމަވެސް ފުލުހުންގެ ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ޤާނޫނީ ސަބަބައެއް ނުވަތަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދެވޭނީ މަރު ކޮމިޝަނަށް ކަމަށްވެސް ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: