ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްރާޝީމްގެ މަރަށް 8 އަހަރު: މަރުގެ ކޮމިޝަނުން މަރާއި ބެހޭ މައުލޫމާތު ހިއްސާ ކުރަނީ

އަފްރާޝީމްގެ އާއިލާއަށް އިންސާފު ލިބިފައި ނުވާތީ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު މައުލުމާތުތަކާއި އެ މަރުގެ ފަހަތުގައިވާ މީހުން ވަރަށް އަވަހަށް ހަމާ ކުރާނެ ކަމަށް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ.ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަފުސީލުތައް ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި ހާމަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެ ގޮތުން އޭނާ މަރާލުމުގައި ބައިވެރިވި މީހުނާއި އެ ކަން ރޭވި މީހުންގެ މައުލޫމާތު ވެސް ހާމަ ކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އަފްރާޝިމްގެ މަރަށް ހަތް އަހަރު ވި އިރު އެ މަރަށް އިންސާފު ލިބިފައި ނުވާތީ އޭގެ ކަންބޮޑުވުން ފާޅުކޮށް އާއިލާގެ ފަރާތުން ވެސް ވަނީ ބަޔާންތައް ނެރެފައެވެ.

އަފްރާޝީމް މަރާލި މައްސަލަ ސާބިތުވެ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެކަމަކު ގަތުލުގެ ހަގީގަތާ ހަމައަށް ވާސިލްވުމުގެ ކުރިން ހުމާމް މަރަން ބޭނުން ނުވާ ކަމަށާއި އަފްރާޝީމް މަރާލުމުގައި ހިމެނެނީ އޭނާ އެކަނި ނޫން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

ޑރ.އަފްރާޝީމް އަލީގެ މަރާ ގުޅޭ ވީޑިއޯއެއް މަރުތަކާ ބެހޭ ކޮމިޝަނުން އާންމުކޮށް އެއިން ފެންނަ ދެ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް ވެސް އެދުނެވެ. ކޮމިޝަނުން އާންމުކުރި ވީޑިއޯއަކުން ދެ ސައިކަލުގައި ދާ ޒުވާނުންތަކެއް ފެނެއެވެ. އޭރު ވީޑިއޯ އާއްމުކޮށް ކޮމިޝަނުން ބުނެފައިވަނީ އެ ފޮޓޭޖްގައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ މަންޒަރެއް ކަމަށާ، އެއީ ޑރ. އަފްރާޝީމް އަނިޔާވެރި ގޮތަކަށް މަރާލި ރޭ ކަމަށެވެ. މީގެ އިތުރުން ވީޑިއޯއިން ފެންނަނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރަސްޓީސް ރެސްޓޯރެންޓްގެ ހުޅަނގުގައި ހަރަކާތްތެރިވި ބައެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެެވެ.

މިދިޔަ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ކޮމިޝަންތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. މަރު ކޮމިޝަނުން ތަހުގީގު ކުރާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގެ ތަފްސީލު މައުލޫމާތު ހިމެނޭ ރިޕޯޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަން ރައީސް އާއްމު ކުރެއްވި އެވެ.

އެ މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އައީ ހުމާމް މައްޗަށް އެކަންޏެވެ. ހުމާމް މަރަން ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު އެކަން ރޭވުމުގެ އަޑީގައި ތިބި މީހުން ނުހޯދޭތީ އަފްރާޝީމްގެ އާއިލާ އިން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: