ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މާރިޔާގެ ތަޢުރީފް ދިވެހި ސިފައިންނަށް!

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދުވަސްތަކުގައި މާލޭގެއެކިއެކި ސަރަހައްދުތަކުގަ އިހިނގާދިޔާ އަލިފާނުގެހާދިސާތަކާއި އެނޫންވެސް އެތައް ހާދިސާތަކުގައި ދިވެހިސިފައިން މަސައްކަތްކުރެއްވި ގޮތަށް ޑިފެންސްމިނިސްޓަރުމާރިޔާ އަހުމަދުދީދީ  ތައުރީފް ކުރައްވައިފިއެވެ. 

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. 

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ސިފައިންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން :ސަންގު ފައިލް ފޮޓޯ

އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ ސިފައިންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ވަގުތު ރޭގަނޑެއް ދުވާލެއްނެތި ސިފައިން މަސައްކަތްކުރައްވާތަން ވަރަށް ގާތުން އެކަމަނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެކަމަނާ، އިތުރަށް ވާހަކަފުޅު ދައްކަވަމުން، ފާއިތުވި މަހުގައި މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއަށް އަލިއަޅުއްވާލައްވައި އެ ހާދިސާގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އައްސަރިބަހާއި ސާބަސް ދެއްވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވަނީ އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ. ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: