ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފް ޗެންޕިއަންޝިޕް އުފުލާލި ގޮތަށް، 2023ކީ ޖުމްހޫރީ ޕާޓީގެ ފަހަރެއް!

ޖުމްހޫރީ ޕާޓީއަށް އަލަތްވަތް މެންބަރުން ސޮއި ކުުރުމުގެ ރަސްމިއްޔާތުގައި ނިހާން ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޭޕީގެ ކޮނޑުގައި އެލިގެން ވެރިކަމަށް އާދެވެންޏާ، ޖުމްހޫރީ ޕާޓީއަށް ވެރިކަމަށް ނާދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ފާއިތުވި ތިން ވެރިކަމުގައިވެސް ޖުމްހޫރީ ޕާޓީގެ ހިއްސާ ނެތި ރާއްޖޭގައި ސިޔާސީ ވެރިކަމެއް ޤާއިމް ވެފައިނުވާކަމަށެވެ.

2023 ވަނަ އަހަރަކީ ޖުމްހޫރީޕާޓީގެ ފަހަރު ކަމަށް ނިހާން ވިދާޅުވިއެވެ. ސާފް ޗެންޕިއަންޝިޕް ތަށި ރާއްޖެއިން ކާމިޔާބު ކުރި ދުވަސް ހަނދާންކުރައްވާ ނިހާން ވިދާޅުވީ އެ ފޯރިއާއި ޖޯޝު 2023ގައި ނެގުމަށް ތައްޔާރު ވުމަަށް ގޮވާލިއެވެ. ކޮންމެ ފަހަރަކު ޖުމްހޫރީޕާޓީގެ އެހީގައި ވެރިކަމަށް އެހެން ބޭފުޅުން ވަޑައިގަންނަވާނަމަ، ޖުމްހޫރީޕާޓީއަށް ވެރިކަމަށް އާދެވޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

“2023ގައި އަޅުގަނޑުމެން ނިކުންނާނީ ދުވަމުން. މިއީ އަޅުގަނޑުމެންގެ ފަހަރޭ! ކީއްވެގެންތޯ ނުވާންވީ؟ އިންޝާﷲ”

ޖުމްހޫރީޕާޓީ ވީމާ ނަސްލީ އިމްތިޔާޒްތަކެއް އަންނަނީ ތޯ ވިދާޅުވެ ނިހާން ސުވާލުކުރެއްވިއެވެ. އަދި ވިދާޅުވީ އެޕާޓީއަކީވެސް ފުރިހަމަ އާރާއި ބާރާއި، ވިސްނުމާއި ފިކުރެއްގެ މައްޗަށް އެކުލެވިފައިވާ ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ ލީޑަރަކީ ދިވެހި ރައްޔިތުންގެ އިހުސާސްތަށް އެންމެ ގާތުން ދަންނަ އެއްބޭފުޅާ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ ބަތް ކައްކަން ޖުމްހޫރީޕާޓި ބޭނުންވާ ކަމަށެވެ. ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްޤުގައި ކަމަށް ނިހާނު ވިދާޅުވިއެވެ.

“އެއްބައި ފަހަރަށް ލޮނާ ނުލާ ބަތް ކަމުދާ މީހުން އެޅޭނެ. އެކަމަކު ލޮނާ ނުލާ ބަތް ހެޔޮވަރެއް ނުވާނެ. އެ ބަތުގެ ރަހަ ފުރިހަމަ އެއް ނުވާނެ ލޮނު ނުލައެއް.”

ލީކުވެގެން އުޅޭ ޓްރާންސްޕޯޓް މިނިސްޓަރ އައިޗަތު ނަހުލާގެ އޯޑިއޯ އަޑު އަހާލުމަށްފަހު މި ޤައުމަށް ބޭނުންވަނީ މިނިސްޓަރ ނަހުލާ ފަދަ މިނިސްޓަރެކޭ ހިތަށް އެރި ކަމަށް ނިހާން ވިދާޅުވިއެވެ.

“ސަރުކާރުކާ މާލް،ދަރިއާ މޭ ޑާލް! ކޮންކަމެއްހޭ. ސަރުކާރުގެ މުދަލެއް ނޫންހޭ އަޅާލާށޭ ކަނޑަށް!”

ނިހާން ވިދާޅުވީ ކޮންމެ ކަމެއް ހެޔޮ އުސޫލާއި އެ ސުލޫކުން މި ޤައުމު ނުހިންގޭނެ ކަން މިނިސްޓަރ ނަހުލާ ދައްކުވައިދީފި ކަމަށެވެ.

ނިހާންގެ ވާހަކަފުޅުގައި ވަނީ ޖުމްހޫރީޕާޓީއަށާއި ޕާޓީގެ ލީޑަރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އަދި މިއަދު ޕާޓިގައި ތިބީ އެންމެ ކެރޭ ހިތްވަރުގަދަ ބޭފުޅުން ކަމަށާއި 2023ގައި ޖުމްހޫރީ ޕާޓީއިން ތަށި އުފުލާލާ މަންޒަރު އެބަ ފެންނަ ކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ޤާސިމް އިބްރާހިމް ފަދަ ލީޑަރޝިޕް ކޮލިޓީއެއްހުރި ރައީސަކު މި ޤައުމަށް ނާންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: