ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މެމްބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފި!

ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު: ފޮޓޯ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ ޕީޕީއެމް މެމްބަރު ޔާމީން ރަޝީދު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފިއެވެ.

ޔާމީން ރަޝީދު ޖޭޕީއަށް ސޮއި ކުރެއްވީ އެޕާޓީއަށް މެމްބަރުން ސޮއި ކުރުމަށް މ.ކޫނުޒުގައި މިހާރު ހިނގަމުންދާ ރަސްމިއްޔާތުގައެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ގެ ނައިބު ރައީސްގެ މަގާމުގައެވެ.

ޔާމީން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓުގައި ވާދަކޮށްގެން ވެލިދޫ ދާއިރާއަށް ހޮވިވަޑައިގަތް މެމްބަރެކެވެ. ނަމަވެސް ފަހުން އޭނާ ޕީޕީއެމްއަށް ސޮއި ކުރައްވާ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އަރިހުގައި ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.

ނިމިދިޔަ ރިޔާސީ އިންތިކޚާބުގައި ޕީޕީއެމްއަށް ނާކާބިޔާބު ލިބި، އަދި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޔާމީން ކުރިމަތިލެއްވި މަޑުއްވަރީ ދާއިރާއިންވެސް ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގަތުމުން އޭނާ ވަނީ ޕީޕީއެމް ދޫކުރައްވައި އެމްޓީޑީއަށް ސޮއި ކުރައްވާފައެވެ.

އޭގެ ފަހުން އަހަރެއް ނުވަނީސް އެނާ މިވަނީ މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާފައެވެ. މިރޭގެ ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: