ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަންކުރާ އުޅަނދުފަހަރުން އޮޔާދާ ބޮއި ބޭނުންކުރާ މިންވަރު މަދުކުރަންޖެހޭ: މިނިސްޓަރ ޒަހާ

ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން އިފްތިތާހު ކުރުމުގެ ތެރެއިން : ފޮޓޯ ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން އާދަޔާހިލާފަށް ގިނައިން ކަނޑަށް ދޫކުރާ [އޮޔާދާ ބޮއި] (ޑްރިފްޓިންގް ފެޑް)ގެ ސަބަބުން ކަޅުބިލަމަހުގެ ސްޓޮކް ހީނަރުވަމުންދާތީ، އޮޔާދާ ބޮއި ބޭނުންކުރާ މިންވަރު މަދުކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ އެފަދައިން ވިދާޅުވީ، [ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން] ގެ 10 ވަނަ އާންމު ބައްދަލުވުން އިފްތިތާހު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޒަހާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާ ކަނޑުގައި ޤާނޫނާ ޚިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމެކެވެ.

މީގެއިތުރުން އިންޑިއާ ކަނޑުގެ މަހުގެ ބާވަތްތަކުގެ ސްޓޮކްގެ ހާލަތު ދައްވުމުގެ ސަބަބުން ހިފާ މަހުގެ މިންވަރު މަދުކުރުމަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ އައްސޭރިފަށުގެ ކުދި ޤައުމުތަކުން ކަމަށްވާތީ، މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުމަށް ދުރާލާ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭއްވޭ އެ ކޮމިޝަންގެ 10 ވަނަ ސެޝަންއަށް ތާވަލު ކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، މެމްބަރު ޤައުމުތަކުގެ ތެރެއިން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރާ ޤައުމުތަކުން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަޑުތައް ކަނޑައަޅައި އެކުލަވާލާފައިވާ [މިނިމަމް ޓަރމްސް އެންޑް ކޮންޑިޝަން] ގައިޑްލައިން މެމްބަރު ޤައުމުތަކުން ތަންފީޒްކުރުމުގައި އިންތިޒާމްތައް ހަމަޖައްސާނެ ގޮތަކާއިމެދު މަޝްވަރާކޮށް ރޯޑްމެޕެއް އެކުލަވާލުން ހިމެނެއެވެ.

އެ ކޮމިޝަންގެ މެމްބަރު ޤައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން، ސައުތުއެފްރިކާ، ކެންޔާ، ސީޝެލްސް، މޮރިޝަސް، މަޑަގަސްކަރ، ކޮމޯރޯސް، މޮޒަމްބީކް، ތަންޒޭނިއާ، ސޮމާލިއާ، ޔަމަން އަދި ފްރާސް-ރިޔޫނިއަން އައިލެންޑްސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: