ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީ ފަހަތަށް ޖައްސައި ފީނުމުގެ ދުނިޔޭގެ ރިކޯޑް ރާއްޖެއިން މުގުރާލައިފި!

ފީނުމުގެ ރިކޯޑް ރާއްޖެއިން ހެދިކަމުގެ ލިޔުން ޖިނިސް ވޯލްޑް ރިކޯޑްގެ ފަރާތުން ރައީސް ސާލިހަށް އަރުވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން އިޓަލީ އިން ހަދާފައިވާ ފީނުމުގެ ރިކޯޑް މުގުރައި ރާއްޖެއިން އާ ރިކޯޑެއް ހަދައިފިއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން “ނޭވާ” ގެ ނަމުގައި މިއަދު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ރައީސް ސާލިހާއި އެކު ޖުމްލަ 521 ޑައިވަރުން މިއަދު ފީނާފައި ވެއެވެ. ޑައިވަރުން މި ރެކޯޑް ހެދުމަށް 30 ސިކުންތު ވަންދެން 3 މީޓަރު އަޑިއަށް ފީނާފައިވެއެވެ. މި ހަރަކާތުގައި ދުނިޔޭގެ ވަރލްޑް ރިކޯޑް ދެފަހަރަށް ހާސިލުކޮށް، ވަރލްޑް ޗެންޕިއަން ފްރީޑައިވަރުގެ މަގާމު ހާސިލުކޮށްފައިވާ ނިއުޒީލެންޑްގެ ރައްޔިތެއްކަމަށްވާ ވިލިއަމް ޓްރޫބްރިޖް ވެސް ވަނީ ބައިވެރިވެފައެވެ.

މި ފްރީޑައިވިންގް ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުން ގިނިސް ވަރލްޑް ރިކޯޑުގެ އޮފިޝަލުން ވަނީ “ނޭވާ” ފްރީޑައިވިންގް ހަރަކާތަކީ ދުނިޔޭގެ އާ ވަރލްޑް ރިކޯޑެއްކަމުގައި ކަނޑައަޅައި ރައީސް ސާލިހަށް އެކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

“ނޭވާ” ގެ ނަމުގައި ހިންގި މި ފްރީޑައިވިންގް ހަރަކާތަކީ 2009 ވަނަ އަހަރު 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައި ގާއިމުކޮށްފައިވާ ވަރލްޑް ރިކޯޑް މުގުރާލުމަށް ރާއްޖެއިން ހެދި އާ ފްރީ ޑައިވިންގް ރެކޯޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: