ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގަށް 31 އަހަރު: ނަމޫނާ ދެއްކީ މުވާސަލާތީ ހިދުމަތުން އެކަންޏެއް ނޫން !

މަރުހަބާ ދިރާގު: ދިވެހިންގެ ހިދުމަތުގައި 31 އަހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ ވާހަކަ ފެށި ނިމެނީ ހަމައެކަނީ މުއާސަލާތީ ހިދުމަތްތަކުގެ ވާހަކައިންނެއް ނޫނެވެ. ދިރާގަކީ މިއަދު ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ދިވެހިންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ދިގު 30 އަހަރަށް ބަލާއިރު ފެންނާން އޮތީ ދިވެހިންގެ ތަރައްގީ އާއި ކުރިއެރުމެވެ.

ދިރާގުގެ ކާމީޔާބީ ވޭތުވެދިޔަ އަަހަރުތަކުގެ އޭޖީއެމްތަކަށް ބަލާލީމަވެސް ހާމަވެގެންދާނެއެވެ. ކުންފުނީގެ ކާމިޔާބީ އެންމެ ފުރިހަމައަށް ދައްކަނީ ޝެއާ ހޯލްޑަރުންނަށް ކޮންމެ އަހަރަކު ވެސް ލިބޭ ނަފާއެިންނެވެ. މިއީ ފަހަރެއްގައި ބައެއް ފަރާތްތަކަށް އެންމެ ފުރިހަމަގޮތުގައި ލިބިފައި ނެތް މައުލޫމާތަކަށް ވެދާނެއެވެ. އެހެން ނަމަވެސް ދިރާގަކީ އޭރުގެ ސަރުކާރާއި ބޭރުގެ ކުންފުންޏަކާއި ގުޅިގެން އުފެއްދި ތަނެކެވެ. މިއީ ޖޮއިންޓްވެންޗާ އުސޫލުން ފެށި މަސައްކަތަށްވާއިރު، ދިރާގަކީ ދުނިޔޭގެ ކޮންމެ ކުންފުންޏަކާއި ވެސް ވާދަ ކުރެވޭ ވަގުގެ ގާބިލުކަން ހުރި ކުންފުންޏެކެވެ.

މިވީ 30 އަހަރުގެ ތެރޭގައި ދިރާގުން ވަނީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައި

ދިރާގަކީ ފަހުރުވެރިކަމާ އެކު، 99 ޕަސެންޓް ހީވާގި ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ދިވެހިންގެ ކުންފުންޏެކެވެ. ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ގޮތުން 24 ގަޑި އިރު ހިދުމަތް ދޭ ކޯލް ސެންޓަރު، އަދި އޮންލައިން ޗެޓު ހުރުން އެއީ ދިރާގުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

ރާއްޖެ ފަދަ އާބާދީ ގޮތުން މީހުން މަދު ގައުމަކަށް މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުންވަނީ އެ ހުރިހާ ކަމަކުންވެސް އަރައިގަނެފައެއެވެ. މިހުރިހާ ހިދުމަތުންވެސް ގެނެސްދިނީ އިގްތިސާދީ ކުރިއެެެރުމެކެވެ. ވިޔަފާރިތަކާއި، ސްކޫލުތަކާއި، އެކި މުއައްސަސާތަކާއި އަދި ފަތުރުވެރިކަަމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެނީ ހިނިތުންވުމަކާއި އެކުއެވެ. ސްކޫލުތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް، ބޭނުން ކުރެވޭފަދަ އިނޮވޭޓިވް ލާނިން ޓެކްނޮލޮޖީތައް ތައާރަފް ކުރިއެވެ. އޯލެވެން ނިންމާ އޭލެވެލް ނިންމާ ދަރިވަރުންނަށް ވޯކްޝޮޕްތައް ހިންގާ، އިންޓާންޝިޕްތަކަށްވެސް ފުރުސަތު ދިނެވެ. ތައުލީމުގެ ވާހަކަ ދައްކާއިރު، މިއީ ފަހުރުވެރިކަމާއި އެކީ ދައްކަންޖެހޭ ވާހަކައެކެވެ. އާ ކަންތައްތައް ދަސް ކުރުމާއި، ކުލަ ނުޖެހޭ ހުވަފެންތަކުގައި ކުލަ ޖެއްސުމާއި އަދި އުނގެނުމުގައި ދިރާގުން އަދާ ކުރަނީ ވަރަށް ވެސް އިސްރޯލެކެވެ. ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކޮންމެ މީހަކުވެސް ދެކެމުން އައި ހުވަފެނުގައި ދިރާގުން ކުލަ ޖައްސައިދިނެވެ.

މިވީ 30 އަހަރުގެ ތެރޭގައި ދިރާގުން ވަނީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައި، ވަޒީފާގެ މާހައުލަށް އެތައް ޒުވާނުންނެއް ނެރެދިން

2017  ވަނަ އަހަރުގެ މެއި މަހު ދިރާގު ރީބްރޭންޑުކޮށް މުޅިން އާ ކުލައަކާއި އެކު އަމާޒު ހިފީ “ޓޭކްއޮން ޓުމޯރޯ” ޝިއާރުގެ ދަށުންނެވެ. ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ޓޫރިޒަމްގެ ސިނާއަތުގެ ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ވަނީ އިންޓަނެޓުގެ އެކްސެސް ފޯރުކޮށްދީފައެވެ. ބޭންކިން އާއި ފައިސާގެ މުވާމަލާތްތައް ހިންގުމަށް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރަނީ ދިރާގަށް އޮތް ފުރިހަމަ އިތުބާރާއި އެކުއެވެ.

ހިދުމަތްތަކުގެ ވާހަކައަށްފަހު ދެން ޖެހިލަންޖެހެނީ ދިރާގުގެ އިޖްތިމާއީ ހަރަކާތްތަކުގެ ވާހަކައަށެވެ. ބޮޑު ކުންފުންޏެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ، ކަންތަކާއި މައްސޫލިއްއަތުތައް އަދާކުރުމުގައި ދިރާގަކީ ނަމޫނާ ކުންފުންޏެކެވެ.  ޕްލާސްޓިކު ކޮތަޅުތަކާއި ދެކޮޅަށް ދިރާގުން ފެށި މަސައްކަތް ފާހަގަކޮށްލެއެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކާ ދިރާގު ވެފައިވަނީ، އެންމެ އިސް ސަފަށް ނިކުތް ކުންފުންޏަށެވެ. ބައިނަލް އަގްވާމީ ފެންވަރުގައި ބާއްވާ ދިރާގު ރޯޑް ރޭހުގެ އަމާޒަކީވެސް އެއީއެވެ.

ދިރާގުން ސްކޫލުތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި ވައިފައިގެ ހިދުމަތްތަކާއި، ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކުރުން ފާހަގަ ކުރެވއެވެ. ދައުލަތުން ބަލަަހައްޓާ ފިޔަވަތީގެ ކުދިންނަށް ކޮންމެ އަހަރަކުވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއެވެ. ދިރާގުގެ ވާހަކަތައް ކޮންމެ ހިސާބަކުން ފެށިޔަސް، ފާހަގަ ކުރަންޖެހޭ ކަންތައްތައް އޮންނާނީ ގިނަވެފައެވެ. ދިރާގުން ދިވެހިންގެ ދިރިއުޅުމަށް ގެނައި ބަދަލަކީ ދިވެހިން ޓެކްނޮލޮޖީއަށް ވަނުމުގެ ފެށުންކަން ޔަގީނެވެ. އެހެންކަމަށް ވުމުން ދިރާގުން ނަމޫނާ ދެއްކީ ހަމައެކަނި މުއާސަލާތީ ޚިދުމަތްތަކުން އެންޏެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: