ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑާއިއެކު މަތިވެރީގެ ކުރިމަގު އުޖާލާވާނެ: ޗެއާމަން ޖާބިރު

ކާސާމިއާ މައްސަލަ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާސާމިއާ ރިޗް ކްލަބް މޯލްޑިވްސްއަށް ދިނުމަކުން މަތިވެރިއަށް ލިބެންޖެހޭ އެންމެ ބައިރުފިޔާވެސް މަދުނުވާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކަސާ މިއާ މޯލްޑިވްސްގެ ނަމުގައި މަތިވެރީގައި ހިންގާ ގެސްޓްހައުސް ހުރި ބިން ރިޗް ކްލަބްއަށް ދިނުމާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައިސް އިސްމާއީލް އާތިފް ދަނީ އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ.

މަތިވެރީގެ ދެ ބިމެއް ކްލަބް މޯލްޑިވްސްއަށް 10 އަހަރަށްދީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ބިން 10 އަހަރަށް ކުއްޔަށް ނަގާފައިވާ ހ.މާކޮށާރުގެ އަބްދުއްރައްޒާގު އަލީ އެކަމަށް އެދި ސިޓީ ހުށަހެޅުމުން ބަންޑާރަ ނައިބުގެ ލަފަޔާއެކުގައެވެ. ބިން ރިޗް ކްލަބްއަށް ދީފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން ޗެއާމަން ޖާބިރު ވިދާޅުވީ ރިޗް ކްލަބް މޯލްޑިވްސްއަށް ކާސާމިޔާ 50 އަހަރަށް ދޫކޮށްފައިވަނީ ޤާނޫނާއި ޤަވައިދުގެ ތެރެއިން ކަމަށެވެ. އަދި ކާސާމިއާ ރިޗްކްލަބަށް ކުއްޔަށް ދިނުމަކުން ކައުންސިލަކަށް އެއްވެސް އެއްޗެއް ނުގެއްލޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

“މިހާރުވެސް ކައުންސިލަށް ލިބެންޖެހޭ 50،000 ރުފިޔާ ލިބޭނެ. މީރާއަށް ދައްކަންޖެހޭ 50،000 ރުފިޔާ އެއީ ވަކި ކަމެއް. އެ ލާރިވެސް ކައުންސިލަށް ލިބޭނީ. މަތިވެރި ކައުންސިލްގެ ބާރު ކޮންތާކުންތޯ ގެއްލޭނީ.” ޖާބިރު ވިދާޅުވިއެވެ.

ޓުއަރިޒަމްގެ ޤާނޫނުގެ ދަށުން ކުއްޔަށް ދީފައިވާ ރަށްރަށަށް އަލިއަޅުއްވައި ޖާބިރު ވިދާޅުވީ ބޮޑެތި އިންވެސްޓްމަންޓް ކުރާއިރު ބޮޑެތި ޕްރްޖެކްޓްތައް، 50 އަހަރަށް ކުއްޔަށް ދީފައިވާކަމަށެވެ. 

“ކުރިންވެސް ބޮޑެތި އިންވެސްޓަމަންޓް ކޮށްފަ ހުރި ތަންތަން ޓުއަރިޒަމުން ވަނީ 50 އަހަރަށް ކުއްޔަށް ދީފަ. އެއީ ވިޔަފާރި ކުރަން ފަސޭހަޔަކަށް.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ 20 ދުވަސް ތެރޭގައި ކާސާމިއާ ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުން ފައިދާ ވާނީ މަތިވެރި ކައުންސިލަށާއި ރަށުގެ ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ހަވާލުގައި އެތަން އޮތްހާ ހިނދަކު އެ ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޗެއަރމަން ޖާބިރު ވިދާޅުވީ މަތިވެރި ރައްޔިތުންނަކީ އެރަށަށް ތަރައްޤީއާއި ކުރިއެރުން ބޭނުންވާ ބަޔަކަށް ވީ ހިނދު ކާސާމިއާ ޕްރޮޖެކްޓް ހުއްޓިފައި އޮތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

މަތިވެރި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެންދާނެކަން ޖާބިރު ފާހަގަކުރެއްވިއެވެ. ޖާބިރު ވިދާޅުވީ ވަޒީފާ ދިނުމުގައި މަތިވެރީގެ ރައްޔިތުންނަށް އިސްކަންދޭނެ ކަމަށާއި އެމީހުން ތަމްރީންވެސް ކޮށްދެއްވާނެ ކަމަށެވެ.

“ހޮޓާ މިހާރު ހިނގައިގަންނާނެ. މަތިވެރީގަ އިން ހޮޓެލް 50 ކޮޓަރިއާއެކު ހިނގައިގަންނާނެ. އިމީޑިއަޓްލީ 30 ކޮޓަރި ހުޅުވޭނެ.” ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: