ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ތުލުސްދޫއަށް: “ދަތުރުތަކުން ސަރުކާރަށް ޕްރެޝަރު އާދޭ”

ޕާޓީ ވަރުގަދަކުރެއްވުމަށް ރައީސް ޔާމީން އަތޮޅުތަކަށް! ފޮޓޯ - ޕީޕީއެމް، ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން ބުނެފި އެވެ.

ކޮންގްރެސް ކޯލިޝަންއިން އަންގާރަ ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ބުނެފައިވަނީ މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކުރާ ދަތުރުތަކެއް ކަމަށެވެ. އަދި މި ސަރުކާރައި މެދު ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހުރިއިރު ރައީސް ޔާމިންގެ އަމާޒަކީ އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް ރައްޔިތުން ބޭނުންވާފަަދަ ފަސޭހަ ދިރިއުޅުމެއް ފޯރުކޮށްދިނުން ކަމަށެވެ.

ބުރާސްފަތި ދުވަހު ތުލުސްދޫއަށް ކޮންގްރެސް ކޯލިޝަންއިން ކުރާ ދަތުރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ތުލުސްދޫގައި ޖަލްސާއެއް ވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހުކުރު ދުވަހު ރައީސް ޔާމީން ހުރާއަށާއި ހިންމަފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.

ޝުޖާއު ވިދާޅުވިގޮތުގައި، ރައީސް ޔާމީން އަތޮޅުތަކުގެ ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުން ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރަށް އާދެއެވެ. އެ ގޮތުން އެންމެ ފަހުން މ.އަތޮޅަށް ކުރި ދަތުރުގެ ފަހުން، އެ އަތޮޅަކީ ސަރުކާރުން ވަރަށް ބޮޑަށް މުހިއްމު ކަމެއް ދޭ އަތޮޅެއް ކަމަށް ދައްކަން މިނިސްޓަރުން މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަޑުއިއްވަން ޖެހޭ ކަމަށާއި، ރަށްރަށުގެ ރައްޔިތުން މިވަގުތު ތިބި ހާލު ރައްޔިތުންނަށް ވަޒަން ކުރަންވެސް ނޭނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ކަރަންޓުގެ މައްސަލަ އެކި ރަށްރަށަށް ދިމާވެފައިވާއިރު އެކަންކަމަށް ހައްލު ނުގެނެސްނުދެވިގެން އުޅެނީ ކީއްވެގެންތޯ ވިދާޅުވެ ޝުޖާއު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ސަރުކާރާއި މެދު ހުރުމުންނާއި ސަރުކާރާއި މެދު ނުރުހޭކަންތަކެއް ހުރިކަން ކަށަވަރު ވުމުން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމަށް މަސައްކަތް ކުރަނީ ބަޖެޓުގައި ދަތިތަކެއް ހުރިކަމަށް ބުނުމަށްފަހުގައި ކަމަށެވެ. އިންތިހާބުގައި އިދިކޮޅުން ނަގާނެ ސީދާ އިންސައްތައެއް ދަންނަވަން ނޭނގުނަސް، އިންތިހާބަށް ހަމަހަމަ ފުރުސަތުދީފިނަމަ ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީން މި ދަތުރުފުޅު ކުރައްވާއިރު އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑާ ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމުގެ ތާރީޚް ވަނީ އަވަސް ކޮށްފަ އެވެ. މިހާރު އޮތް ގޮތުން އެ އަޑުއެހުން އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް އިން ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޔާމީނާއި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ މިދިޔަ މަހު ތިން އަތޮޅަކަށް ވަޑައިގެންފަ އެވެ. އެއީ އދ.އަތޮޅުގެ ބައެއް ރަށްރަށާއި، މ.އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ފ.އަތޮޅުގެ ބައެއް ރަށްރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: