ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރާއި ރައީސް ޔާމީންގެ ތަފާތު: “ދަރަނިވެސް ދެއްކި، ތަރައްގީވެސް ކުރި!”

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ 30 ބިލިއަންގެ ދަރަނި ދެއްކެވިކަމަށް މުއިއްޒު ވިދާޅުވި : ފޮޓޯ- ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ހުރި ތަފާތަކީ ދަރަނިތައް ދައްކާ އަދި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އޮތް ތަފާތުތަކެއްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ ހަދަހަދައިގެން ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރަކީ ރާއްޖޭގައި މިހާތަނަށް ތާރީހުގައި ވެސް ކުރިޔަށް ނުގެންދެވޭ ވަރުގެ މަޝްރޫއުތަކެއް ކުރިޔަށް ގެންގޮސްފައިވާ ސަރުކާރެއް ކަމަށާއި ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވީ ބިނާކުރުވަނިވި ތަރައްގީކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމި މަޝްރޫއުތަކުގެ އިތުރުން 270 އަށް ވުރެ ގިނަ މަޝްރޫއު ކުރިޔަށްދާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަކީ މި ސަރުކާރުގެ ޒިންމާއެއް ކަމަށާއި މަޝްރޫއުގެ ރިޓެންޝަން ފައިސާވެސް ދައްކަންޖެހޭނެ ކަމަށެވެ.

ސަރުކާރަށް 10 މަސް ފާއިތުވެގެންދިޔައިރު އަލަށް އެއްވެސް އިންފްރާސްޓްރަކްޗާ މަޝްރޫއެއް ކުރިޔަށް ނުދާކަމަށާއި، 70 އެއްހާ މަޝްރޫއު ކުރިޔަށްދާކަމަށް ސަރުކާރުން ހާމަކުރިއިއު އެއީވެސް ރައީސް ޔާމީން ސަރުކާރުގެ މަސައްކަތްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.  އޮންގޮއިން ސްޓޭޓަސްގައި ހުރި މަޝްރޫއުތަކެއްގައި މި ސަރުކާރުން ހަމައެކަނި ކުރަންޖެހުނު މަސައްކަތަކީ ސޮއިކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ސަރުކާރުން އެއްވެސް މަޝްރޫއުތަކެއް ކުރިޔަށްނުދާކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށުމާއި އެކު 20،000 ރުފިޔާއާއި 17،000 ރުފިޔާއިން ބޮޑެތި އިންފްރާސްޓަކްޗާ މަޝްރޫއުތަކެއްގައި ސޮއިކުރުމަށް ފަށާފައިވާކަމަށެވެ. ރައީސް ޔާމީންގެ މަޝްރޫއުތަކެއް އެއްކޮށްލައިގެން އެގޮތުން މަސައްކަތް ކުރުމަކީ ކޮން މަންޒަރެއް ދެއްކުމަށް ކުރާ ކަމެއްތޯވެސް މުއިއްޒު ވަނީ ސުވާލު ކުރައްވާފައެވެ. މި މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާ ދާއިރާގެ މެމްބަރުންތައް މަޖިލީސް ތެރޭގައި ތިއްބެވިއިރު އެ ބޭފުޅުން އެކަމަށް އަޑުނުއުފުއްލަވަނީ ކީއްވެގެންކަން ނުވިސްނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެތައް މަޝްރޫއެއްވެސް މިސަރުކާރުން ހުއްޓުވާފައިވާއިރު، އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދަނީވެސް ކީއްވެގެންތޯ މުއިއްޒު ސުވާލު ކުރެއްވިއެވެ. ހުރިހާ މަސައްކަތެއްގެވެސް ސްޕީޑު އެންމެ ގާތުން ފެންނަން އޮތީ އާޓިފިޝަލް ބީޗުން ކަމަށާއި އެތަނަށްވެސް ގެންނަ ބަދަލުތައް އެއޮތީ ފެންނާން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ ކުރިން ބަހަނާއެއްގެ ގޮތުގައި ދެއްކީ ޓްރާންސިޝަން ޕީރިއަޑްގައި އޮތުން ކަމާށާއި އެހެން ނަމަވެސް ފުލް ކޮންޓްރޯލްގައި ސަރުކާރަށް 10 މަސް ވެގެންގޮސްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދަރަންޏާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ދަރަންޏެއް އޮވެގެން ނުވާނެކަމަށް ބުނި ސަރުކާރު ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވީއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން އޮތް ބޮޑު 30 ބިލިއަންގެ ދަރަނިވެސް ދެއްކީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި އެ ދަރަނި ދައްކަވާ ރައީސް ޔާމީން ޚަލާސް ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދަރަންޏެއް އޮތީ ކުރިޔަށް ގެންދެވުނު މަޝްރޫއުތަކަށް ކަމަށާއި، ދައުލަތުގެ ރިޒާވް ޖީޑިޕީ ދެގުނަ ތިން އިތުރު ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ދަރަނިވެސް ދައްކާ ރާއްޖޭގެ އިގްތިސޯދު ވެސް ކުރިއެރުވިކަމަށާއި ރައީސް ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ތަފާތަކީވެސް އެއީކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ނުކޮށް، ދަރަނި 50 ބިލިއަންނަށް އެރުމަކީ ލަދުވެތިވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ ދަރަނި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 50 ބިލިއަން ރުފިޔާ ހުރަސްކޮށް މައްޗަށް ވަނީ ގޮސްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ޖުމްލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މީގެ ހަ މަސް ކުރިން ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މި ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ.

ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: