ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތު ތަންފީޒު ކުރުމުގައި ފަރުވާކުޑަކުރާ ވަޒީރުން ވަކިކުރާނަން: މެމްބަރު އަފީފް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަަސަން އަފީފު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކޯލިޝަންގެ ހިއްސާދާރުން ފަރުވާކުޑަކޮށްފިނަމަ ކޯލިޝަނަށް ނިސްބަތްވާ ވަޒީރުން މަގާމުން ވަކިކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަަސަން އަފީފު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އަފީފް ސަންގަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކޯލިޝަން ޕާޓްރނަރުން ފަރުވާކުޑަކޮށްފި ނަމަ އެމްޑީޕީއިން މަޑުން ނުތިބޭނެކަމަށާއި އަދި ކޯލިޝަނަށް ނިސްބަތްވާ ވަޒީރުން ރައްޔިތުންގެ މަޖިލިހުން ވަކިކުރާނެކަމަށެވެ.

“އަޅުގަނޑުމެން މިތިބީ ކޯލިޝަނެއްގެ ތެރޭގައި، ދެން އަޅުގަނޑުމެން ބޭނުން، މަޖިލީހުން ބޭނުން ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތައް ފުރިހަމަކޮށް، މީ.. އެވައުދުތައް ފުއްދަން. އެކަންތައްތައް ކުރަން. އެހެންވީމަ އެކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް އިރާދަކުރެއްވިއްޔާ މަޖިލީހުގެ ތެރެއިން ލިބޭނެ. ދެން އަޅުގަނޑުމެން “ބަލަން މިތިބީ” މިކަންކަމަށް އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ ދެން ތިބި މި ކޯލިޝަން ޕާޓްނަރުންގެ ތެރެއިން އެއްވެސް ވަރަކަށް އެބޭފުޅުން ފަރުވާކުޑަ ކޮށްފާނެތޯ. އެހެން ވެއްޖެއްޔާ އަޅުގަނޑުމެން “ނުތިބޭނަން” މަޑެއްކޮށް.” އަފީފް ވިދާޅުވިއެވެ.

 

 

ސަންގު: އެހެންވެއްޖެއްޔާ ކިހިނެއްތޯ ހައްދަވާނީ؟

އަފީފް: އެހެންވެއްޖެއްޔާ ވަކިކުރާނީ.

ސަންގު: ތިވިދާޅުވީ ވަޒީރު ބޭފުޅުން ވިޔަސްތޯ؟

އަފީފް: ވަޒީރު ބޭފުޅުން އަޅުގަނޑުމެންނަށް ވަކިކުރެވޭނެ ނޫންތޯ. އަޅުގަނޑުމެން ނުތިބޭނަން އިނގޭތޯ މަޑެއްކޮށް. އަޅުގަނޑުމެން އަދި މިހާރު މިތިބީ ބަލަން. ދެން ރައީސުލް ޖުމްހޫރިއްޔާވެސް އެހެން ވިދާޅުވެފަ އޮތީމަ.

 

ރައީސް ސާލިހުގެ ރިޔާސީ ވައުދު ފުއްދުމަށް ވަޒީރުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ނުުކުރައްވާނަމަ ރައްޔިތުންގެ މަަޖިލީހުން އެ ވަޒީރެއްގެ މަގާމު ދުރުކުރާނެކަމުގެ ޔަގީންކަން އަފީފް ދެއްވިއެވެ.

އަފީފް ވިދާޅުވީ ކޯލިޝަންގެ ތެރޭގައި ތިބޭ ބަޔަކު ޕާފޯމް ނުކުރާކަމަށް ބުނެ ނުވަތަ ވަކި މައްސަލައެއް އޮތްކަމުގެ ވާހަކަ ދައްކާއިރު އެފަރާތްތަކަށް ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށެވެ. އޭނާ ވަނީ މަޑުން ނުތިއްބަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަފީފް ވަނީ މި އަންނަ އަހަރު ފެށުމުގެ ކުރިން ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު ސަރުކާރުން ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

https://www.facebook.com/SanguTelevision/videos/2083934681707372/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: