ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމަށް މެނިފެސްޓޯގައި ލިޔާނަން: ޝުޖާއު

އިބްރާހިމް ޝުޖާއު: ފޮޓޯ ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަށް އެއްބާރުލުން ދޭކަމަށް ބުނެ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ލިބޭނެ ގޮތަށް އެ ކޯލިޝަންގެ ވެރިކަމެއްގައި ތައްޔާރުކުރާ މެނިފެސްޓޯގައި ލިޔާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެހެން ވިދާޅުވިއިރު، އަދުގެ ސަރުކާރުން ސިޔާސީ ބޭނުންތަކަށް ބަައެެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

 

“އަޅުގަނޑުމެންނަށް އެއްބާރުލުން ދީގެންނޭ ކިޔައިގެން ވަޒީފާތަކުން ވަކިކުރާ ރައްޔިތުންނަށް އަޅުގަނޑުމެންގެ ވެރިކަމެއްގައި އެ ވަޒީފާތައް އަނބުރާ ލިބޭ ގޮތަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އިންޝާﷲ ލިޔާނަން” ޝުޖާއު ވިދާޅުވިއެވެ.

ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމަށް އެ މިނިސްޓްރީ އިން ނިންމާފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ނުސީދާކޮށް ވަޒީފާގެ ބިރު މުވައްޒަފުންނަށް ދެއްކެވި އޯޑިއޯއެއް ވަނީ އާންމުވެފައެވެ. ސަންގަށް ވަނީ މީގެ އަސްލް ވީޑިއޯ ލިބިފައެވެ. އެހެން ނަމަވެސް މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ސަންގު ޓީވީއިން ވަނީ އޯޑިއޯ އެކަނި އާންމުކޮށްފައެވެ.

https://twitter.com/shuja3831/status/1178788745098579968

އަދުގެ ސަރުކާރުން ވެރިކަމަށް އައީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ވަޒީފާގެ ބިރު އޮތްކަމާއި ސިޔާސީ ނުފޫޒު ވަޒީފާތަކަށް ފޯރުވާ ކަމަށް ބުނެ އެކަން އިސްލާހު ކުރުމަށެވެ. ނަމަވެސް، މި ސަރުކާރުގައި ވެސް ވަޒީފާގެ ބިރު އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

ޝުޖާއު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަކީ އިންޑިއާ ސަރުކާރުން އަޅައިދިން އިމާރަތެއް ކަމަށާއި އެހެން ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލަކީ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލެއް ކަމަށެވެ.

މީގެ އިތުރުން އަދުގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށާއި އެހެން ބުނެފިނަމަ އެ ދޭހަވަނީ ސަރުކާރުގެ “ނަގޫފިތިފައި” އޮތް މިންވަރު ކަމަށްވެސް އޭނާގެ ފާހަގަކުރެއްވިއެވެ.

“އައިޖީއެމްއެޗް އަކީ އިންޑިއާ ސަރުކާރުން އަޅައިދިން އިމާރާތެއް. ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ( ރައީސް ޔާމީންގެ ވެރިކަމުގައި) އިމާރާތް ކުރި 25 ބުރީގެ ބްލިޑިންގްއެއް. މިތަނަށް އައިޖީއެމްއެޗް (ގެ ބައެއް) ނުކިޔޭނެ. އެހެން ކިޔުމުން ދޭހަވަނީ ސަރުކާރު ނަގޫފިތިފަ އޮތް މިންވަރު.” ޝުޖާއު ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ ވެސް ވަނީ  ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރަށް ނުކެރިގެން އުޅެނީ ދައްކާނެ ވާހާކައެއް ނެތުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބަދަލު ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

https://twitter.com/shuja3831/status/1178604636904669184

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: