ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަނަކާއި ނުލާ ވެރިކަން ކުރެވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރަންޖެހޭ: އާދަމް ޝަރީފް އުމަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަނަކާއި ނުލާ ވެރިކަން ކުރެވޭނެގޮތަކަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކަންކަން ނުކުރެވޭކަމަށް ދައްކަން މަސައްކަތް ކުރަމުންދާ އިސްވެރިން ފަހަތަށް ޖެހިވަޑައިގެން ގޭގައި ތިއްބެވުމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް، ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުނު އިސްލާހުތައް ފާސްކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި ވިދާޅުވުމާއި ގުޅިގެންނެވެ.

https://twitter.com/Adamshareefz/status/1178885096620691457

“އެމްޕީ އަނދުން ހުސެއިން، ރަނގަޅު ވާހަކައެއް. ގާބިލު ބަޔަކު ސަރުކާރުގައި ތިބެންޖެހޭ. ފަޅިފަޅިއަށް ބަހައިގެން ވެރިކަން ކުރަންޖެހޭހާ ހިނދަކު، ތިޔަ މައްސަލަ އޮންނާނެ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

މެމްބަރު ޝަހީމް ދެއްކެވި ރަނގަޅު ވާހަކަތަކެއްކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ގާބިލު ބަޔަކު ސަރުކާރުގައި ތިބެންޖެހޭ ކަމަށާއި ފަޅި ފަޅިއަށް ބަހައިގެން ވެރިކަން ކުރަން ޖެހޭހާ ހިނދަކު ޝަހީމް އެވިދާޅުވާފަދަ ކިތަންމެ މައްސަލައެއްވެސް ކުރިމަތިވާނެކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ކޯލިޝަން އަކާ ނުލާ ވެރިކަން ކުރެވޭނެ ގޮތް ހަދަންޖެހޭ ކަަމަށެވެ. އާދަމް ޝަރީފް ވަނީ އެމްޑީޕީއަށް އެކަން ކުރެވޭނެކަންވެސް ފާހަގަކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާއެއް ތަމްސީލް ކުރާއިރު އެމްޑީޕީއިން 65 ދާއިރާ ތަމްސީލް ކުރެއެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއްތިހާދު ގާނޫނީ އޮނިގަނޑަކަށް ފައްތަންޖެހޭކަމަށް ކޮޅުނބުގައި އެމްޑީޕީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަށް ރިއާޔަތްކޮށް މެމްބަރު ޝަހީމް ވިދާޅުވީ ރައީސުލް ޖޫމްހޫރިއްޔާއަށް ރައްޔިތުން އެތަކެއް ބާރުތަކެއް ދީފައިވާއިރު ސަރުކާރުގެ މިނިސްޓްރީތަކާއި ވުޒާރާތަކުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުން ވަކި ތާރީޚަކަށް ވަކި ކަމެއް ވާންޖެހޭނެކަމަށް އަންގަވާ ކަންކަމުގައި “ބޮޑު ނަގުލަށް” ހިފާލައިގެން ތިބުމަކީ ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

 

http://beta.sangu.mv/490

ހެންވޭރުގެ ބޮޑު ހުޅުގެ ހާދިސާއަށް ނިސްބަތް ކުރައްވައި ބޮޑެތި ކާރިސާތަކާއި އަލިފާނުގެ ހާދިސާތައް ހިނގައި އެތައް ތަނެއްގައި ރޯވެ 400 އަށްވުރެ ގިނަ ފަރާތްތައް މަގުމަތިވިއިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތައް ތިބީ ބަލަން ކަމުގައި ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް މީހުން ތިބީ އަތްޖަހަން ކަމަށާއި އެ ހާދިސާއަށް 15 ދުވަސް ވެގެން ދިޔަ އިރުވެސް ސަރުކާރަށް އެ ސަރަހައްދު ސާފުކޮށް ނުނިމޭކަމަށެވެ.

ދެ މަސްދުވަސް ތެރޭގައި ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވުމުން އެކަން ވާންޖެހޭނެކަމަށް ޝަހީމް ވަނީ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އަދި އެކަން ނުވަންޏާ މަގާމްތަކުގައި ތިބުމުގެ ބޭނުމެއް ނެތްކަމަށާއި ކަމާއިބެހޭ މީހުން ގޮސް ގޭގައި ތިބުން މާ ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: