ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން މަސްތުވާތަކެއްޗާއި ދުރުކުރަން ގްރީން ކްރެސެންޓުން ކުރާ މަސައްކަތްތައް ނައިބު ރައީސްއާއި ހިއްސާކުރައްވައިފި

ނައިބު ރައީސް ގްެރީން ކްރެސެންޓްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ޒުވާނުން ދުރުކުރުމަށް ތުރުކީގެ ޖަމުއިއްޔާއެއް ކަމުގައިވާ ގްރީން ކްރެސެންޓް ސޮސައިޓީ އިން ކުރާ މަސައްކަތްތައް ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ހިއްސާކުރައްވައިފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި ގްރީން ކްރެސެންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެން، އެ ސޮސައިޓީއިން ކާމިޔާބު ކަމާއިއެކު މަސްތުވަތާކެތިން ޒުވާނުން ސަލާމަތް ކުރުމަށް ކޮށްފައި ހުރި މަސައްކަތްތައް ނައިބު ރައީސް އާއި ހިއްސާކުރެއްވިއެވެ.

އެގޮތުން، މަސްތުވާތަކެއްޗާއި ޒުވާނުން ދުރުކުރުމަށް އެ ސޮސައިޓީން ސިންގަޕޫރު، މެލޭޝިޔާ އަދި ސްރީލަންކާފަދަ ގައުމުތަކުގައި ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ނައިބު ރައީސް އާއި ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން އެ ސޮސައިޓީގެ އިސްވެރިން ވަނީ މަސްތުވާތަކެއްޗާއި ދުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކުގެ ތެރޭގައި ވަރަށް ޅަ އުމުރުން ފެށިގެން ކުދިން އެފަދަ ތަކެއްޗާއި ދުރުހެލިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ޙާލަތާއި މަސްތުވާތަކެތީގެ ޙާލަތާއި އަދި ޓެކްނޮލޮޖީއަށް ދެވިހިފުން ފަދަ ކަންކަން އޮތް މިންވަރާއި މިކަންކަން ޙައްލުކުރުމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންފައެވެ.

ގްރީން ކްރެސެންޓަކީ ޚާއްޞަކޮށް ދުންފަތާއި މަސްތުވާތަކެއްޗާއި ޓެކްނޮލޮޖީއަށް ޒުވާނުން ދެވިހިފުންފަދަ ކަންކަމާ ޒުވާނުން ދުރުހެލިކޮށް މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަގުފަހިވާ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ތުރުކީގެ އަމިއްލަ ޖަމްޢިއްޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: